13 ފެބުރުއަރީ 2020
އެސްޓީއޯ އިން ވިއްކާ ޑީސަލުން 30 ލާރި މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ވިއްކާ ޑީސަލުން 30 ލާރި މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
މި ބަދަލާ އެކު، ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ 10.89ރ. އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ. އަދި މިއީ މި އަހަރުގެ ތެރޭގައި ޑީސަލްގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ.
އެސްޓީއޯ އިން ބުނީ، ސައޫދީ އަރަބިއްޔާގައި ތެޔޮ އުފައްދާ މަރުކަޒަށް މިދިޔަ އަހަރު ދިން ހަމަލާ އާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލެއް ނުގެނެސް އެ ކުންފުނިން އެއްވަރެއްގައި ހިފެހެއްޓި ކަމަށެވެ.
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއާ ހަވާލާދީ، އެ ކުންފުނިން ނެރުނު ޅަބަރެއްގައި ބުނިގޮތުގައި، ތެލުގެ ބާވަތްތައް ހެޔޮ އަގެއްގައި، މެދުކެނޑުމެއް ނެތި ރާއްޖޭގެ ބާޒާރުން ފޯރުކޮށްދިނުމަކީ ކުންފުނީގެ މައިގަނޑު އަމާޒެވެ.
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގަށް މި ފަހަރު ބަދަލެއް ނުގެނެ އެވެ. ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 10.13ރ. އަށެވެ.
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގު އެންމެ ފަހުން ހެޔޮކުރީ މިދިޔަ އަހަރުގެ ޖުލައި 15ގަ އެވެ.
ހަ މަހަށް ފަހު އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑު ކޮށްފި
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
ތެލުގެ އަގު އިތުރަށް ބޮޑުވެދާނެ: އެސްޓީއޯ