08 ޑިސެމްބަރ 2023
އެސްޓީއޯ އިން އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި އެވެ. މިއި މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތެލުގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ.
އެސްޓީއޯ އިން އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި އެވެ. މިއި މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތެލުގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ.
އެސްޓީއޯ އިން ބުނީ، މިހާތަނަށް ޕެޓްރޯލް ލިޓަރެއް 14.73ރ. އަށް ވިއްކި ނަމަވެސް މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ލިބޭނީ 14.33ރ. އަށް ކަމަށެވެ. އެހެންވެ ޕެޓްރޯލުގެ އަގުން ކުޑަވީ 40 ލާރި އެވެ.
ޑީސަލް ލީޓަރެއްގެ އަގު ވަނީ 15.07ރ. އިން 14.62ރ. އަށް ބަދަލުކޮށްފަ އެވެ. އެއީ 45 ލާރީގެ ދަށްވުމެކެވެ.
މިއީ އެސްޓީއޯގެ ޕެޓްރޯލާއި ޑީސަލްގެ އަގަށް މި އަހަރު ބަދަލު ގެނައި ތިން ވަނަ ފަހަރެވެ. މި އަހަރު އެންމެ ފަހުން ބަދަލު ގެނައީ ޖޫން މަހު އެވެ. އެ މަހު ވަނީ ޕެޓްރޯލް ލިޓަރަކުން 14 ލާރި އަދި ޑީސަލް ލިޓަރަކުން 63 ލާރި ހެޔޮކޮށްފަ އެވެ.
މި އަހަރު އެންމެ ބޮޑަށް ތެލުގެ އަގު ހެޔޮ ކުރީ މެއި މަހު އެވެ. އެ މަހު ވަނީ ޕެޓްރޯލް ލިޓަރަކުން 83 ލާރި އާއި ޑީސަލް ލިޓަރަކުން 62 ލާރި ހެޔޮކޮށްފަ އެވެ.
ތެލުގެ އަގަށް އެސްޓީއޯ އިން ބަދަލު ގެންނަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. މި ވަގުތު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާގެ އަގު އުޅެނީ 73-78 ޑޮލަރާ ދެމެދުގަ އެވެ. މި އަގުތަކުގެ ހަގީގީ އަސަރު އާންމުންނަށް ނުކުރަނީ ސަރުކާރުން ތެޔޮ ސަބްސިޑީ ދޭތީ އެވެ. ތެލުގެ ސަބްސިޑީ އަށް މި އަހަރު ރިޒާވުން އެކަނި ވަނީ 800 މިލިއަން ޑޮލަރު ހޭދަކުރި އެވެ.
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑު ކޮށްފި
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި
ޑީސަލް ލިބުން ދަތިވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ކަނޑުއުޅަނދުފަހަރަށް ވިއްކާ ތެޔޮޮ ކޮންޓްރޯލްކޮށްފި
އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
އެސްޓީއޯ އިން ވިއްކާ ޑީސަލުން 30 ލާރި އަގުހެޔޮކޮށްފި
ޕެޓްރޯލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި