Roadha Mihaaru
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

12 އޮކްޓޯބަރ 2021

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުތަކާއެކު، އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް އަނެއްކާވެސް މިއަދު ބޮޑުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުތަކާއެކު، އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް އަނެއްކާވެސް މިއަދު ބޮޑުކޮށްފި އެވެ.

މިއީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ތެލުގެ އަގު އުފުލު ތިންވަނަ ފަހަރެވެ. އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ބޮޑު ކޮށްފައިވަނީ މިދިޔަ ޖުލައި މަހު އެވެ.

އެ ކުންފުނިން ބުނީ ތެލުގެ އަގަށް އައި މި ބަދަލާއެކު، އެފްއެސްއެމް މެދުވެރިކޮށް ކުރިން 10.75ރ. އަށް ލިބުނު ޕެޓްރޯލް ލިޓަރެއް މިއަދުން ފެށިގެން ލިބޭނީ 11.16ރ. އަށް ކަމަށެވެ. އަދި ކުރިން 10.95ރ. އަށް ވިއްލި ޑީސަލް ލިޓަރެއް މިހާރު ލިބޭނީ 11.84ރ. އަށް ކަމަށް ބުންޏެވެ.

މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ހިލާފަށް އުފުލިފައިވާތީ އައި ބަދަލެއް ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެ ކުންފުނިން ގޮތުގައި، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ތެލުގެ އަގު ނުއުފުލޭ ވަރަށް މިހާރު ވަނީ އުފުލިފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 75 ޑޮލަރު (1،159.5ރ.) އިން 80.89 ޑޮލަރު (1،247ރ.) އަށް އަރައިފަ އެވެ.