Roadha Mihaaru
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

13 ނޮވެމްބަރ 2018

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮ ކޮށްފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް އެ ކުންފުނިން ވިއްކާނީ 11.19 ލާރި އަށެވެ. އަދި ޑީސަލް ލީޑަރެއް 11.99 ލާރިއަށް ލިބޭނެ އެވެ.

އެސްޓީއޯއިން މި ބަދަލު ގެނައީ މިދިޔަ މަހު ދެ ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑު ކުރުމަށް ފަހު އެވެ. އެންމެ ފަހުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ތެލުގެ އަގު ބޮޑު ކުރިއިރު، ޕެޓްރޯލް ލީޓަރަކުން 42 ލާރި އަދި ޑީސަލް ލީޓަރަކުން 66 ލާރި ބޮޑުކުރި އެވެ.

އެހެންވެ، މިއަދާ ހަމައަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 11:39 ލާރިއަށް އަދި ޑީސަލް ލީޓަރެއް 12.09 ލާރިއަށެވެ.