Roadha Mihaaru
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ޑީސަލް ލިޓަރަކުން 2ރ. ޕެޓްރޯލް ލިޓަރަކުން 1ރ. އަގު ހެޔޮކޮށްފި

14 ޖެނުއަރީ 2019

އެސްޓީއޯ އިން ވިއްކާ ޑީސަލް ލިޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލިޓަރަކުން އެއް ރުފިޔާ މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ވިއްކާ ޑީސަލް ލިޓަރަކުން ދެ ރުފިޔާ އަދި ޕެޓްރޯލް ލިޓަރަކުން އެއް ރުފިޔާ މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ޑީސަލް ލިޓަރެއް ވިއްކާނީ 9.99ރ. އަށް ކަމަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.19ރ. އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ތެލުގެ އަގު ހެޔޮކުރުމާ ގުޅޭ ގޮތުން އެސްޓީއޯ އިން ކުރި ޓުވީޓު

މިއީ އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މި އަހަރުގެ ތެރޭގައި ހެޔޮކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ބާވަތުގެ އަގު ހެޔޮކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޑީސަލް ލިޓަރެއް ވިއްކަމުން އައީ 11.99ރ. އަށެވެ. ޕެޓްރޯލް ލިޓަރެއް ވިއްކީ 11.19ރ. އަށެވެ.

އެސްޓީއޯ އިން ބުނިގޮތުގައި ރާއްޖޭގައި ތެލުގެ އަގު މި ފަހަރު ވެސް ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގު ހެޔޮވުމުންނެވެ.