Roadha Mihaaru
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

01 އޮކްޓޯބަރ 2018

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ. މިއީ މި އަހަރުގެ ތެރޭގައި ތެލުގެ އަގަށް އެސްޓީއޯއިން ބަދަލު ގެނައި ފަސްވަނަ ފަހަރެވެ.

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ. މިއީ މި އަހަރުގެ ތެރޭގައި ތެލުގެ އަގަށް އެސްޓީއޯއިން ބަދަލު ގެނައި ފަސްވަނަ ފަހަރެވެ.

އެ ކުންފުނިން ބުނީ ޕެޓްރޯލާއި ޑީސަލް ލިޓަރަކުން މިހާރު 20 ލާރި އަގު ބޮޑު ކޮށްފައިވާނެ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.97ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 11.43ރ. ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނިގޮތުގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުންނެވެ.

އެސްޓީއޯއިން، ޕެޓްރޯލްގެ އަގު އެންމެ ފަހުން ބޮޑުކުރީ މިދިޔަ މޭ މަހު އެވެ. އެ ފަހަރު އަގު ބޮޑުކުރީ ލިޓަރަކުން 31 ލާރި އެވެ.

ޑީސަލް ލިޓަރެއްގެ އަގު އެންމެ ފަހުން ބޮޑުކުރީ މިދިޔަ ޖޫން 7 ވަނަ ދުވަހު އެވެ. އޭރު ބޮޑުކުރީ ޑީސަލް ލިޓަރަކުން 10 ލާރި އެވެ.