21 ޖެނުއަރީ 2022
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން، ރާއްޖޭގައި ޑީސަލާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން ވަރަށް ބޮޑުކޮށްފި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން، ރާއްޖޭގައި ޑީސަލާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން ވަރަށް ބޮޑުކޮށްފި އެވެ.
އެ ބަދަލާއެކު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމުން މިހާރު ވިއްކާ ޕެޓްރޯލް ލިޓަރެއްގެ އަގު 12.06ރ. އަށް އަދި ޑީސަލް ލިޓަރެއް 12.44 ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ.
މި ބަދަލު ގެނައުމުގެ ކުރިން ޕެޓްރޯލް ލިޓަރެއް ހުރީ 11.16ރ. ގަ އެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 11.84ރ. އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު އެފްއެސްއެމުން ޕެޓްރޯލް ލިޓަރެއް 10.75ރ. އަށް ލިބުނުއިރު، ޑީސަލް ލިޓަރެއްގެ އަގަކީ 10.95ރ. އެވެ. އެހެންވެ، ރާއްޖޭގައި ވިއްކާ ޕެޓްރޯލާއި ޑީސަލުން މިދިޔަ ހަތް ވަރަކަށް މަސް ތެރޭގައި ގާތްގަނޑަކަށް ދެ ރުފިޔާ ވަނީ އުފުލިފަ އެވެ.
އެސްޓީއޯ އިން ބުނީ ތެލުގެ އަގު އަނެއްކާ ވެސް އުފުލުނީ މިދިޔަ ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ ވަރަށް ދުނިޔޭގެ ބާޒާރުގައި އޭގެ އަގު ބޮޑުވުމުން ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފީފާއެއް 86.71 ޑޮލަރު (1،337ރ.) އަށް އަރައިފަ އެވެ. މިއީ މި އަހަރު ފެށުނު އިރު ހުރި އަގާ އަޅާ ބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ.
ތެލުގެ އަގު އެންމެ ފަހުން ކަންބޮޑުވާ ވަރަށް އުފުލުނީ 2014 ވަނަ އަހަރު އެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ. އޭގެ ފަހުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެއީ ފީފާއެއް 85 ޑޮލަރު (1،310ރ.) އަށެވެ. ނަމަވެސް ފަހުން އެ އަދަދު ވަނީ 80 ޑޮލަރަށް ވެއްޓިފަ އެވެ.
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި
ހަ މަހަށް ފަހު އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި
ކަނޑުއުޅަނދުފަހަރަށް ވިއްކާ ތެޔޮޮ ކޮންޓްރޯލްކޮށްފި
އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
ޕެޓްރޯލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި