24 މެއި 2019
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
މި ދެ ބާވަތުގެ އަގު ހެޔޮކޮށްފައި މި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އަގު ބޮޑުކުރުމަށް ފަހުގަ އެވެ.
އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޑީސަލް ލިޓަރެއް ވިއްކާނީ 11.97ރ. އަށް ކަމަށެވެ. ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 11.39ރ. އަށް ހެޔޮކޮށްފަ އެވެ.
މިއީ އެންމެ ފަހުން މި ދެ ބާވަތުގެ އަގަށް ގެނައި ބަދަލަށް ބަލާއިރު ޑީސަލް ލިޓަރަކުން 14 ލާރީގެ ހެޔޮވުމެކެވެ. އަދި ޕެޓްރޯލުން 10 ލާރީގެ ހެޔޮވުމެކެވެ.
އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރި އިރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 11.49ރ. އެވެ. މިއީ ކުރިން ހުރި އަގާ އަޅާބަލާއިރު 70 ލާރީގެ ބޮޑުވުމެކެވެ. އަދި ޑީސަލް ލިޓަރެއް 12.11ރ. އަށް ބޮޑުކުރި އިރު އެއީ 50 ލާރީގެ ބޮޑުވުމެކެވެ.
We have reduced our fuel prices, effective today. pic.twitter.com/mnMJ2bz8wR
— STO Plc (@stoplc) May 23, 2019
ބައިނަލްއަގުވާމީ ބާޒާރުގައި އިއްޔެ ވަނީ ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ހެދި ތެލުގެ ޑިމާންޑް ދަށްވާނެ ކަމަށް ލަފާކުރެވި އިއްޔެ ވަނީ ފަސް ޕަސެންޓް އަގު ވެއްޓިފަ އެވެ. މިއީ އެއް ދުވަހަކާ އަދި އެއް ހަފުތާގެ ތެރޭގައި ވެސް މި އަހަރު ތެލުގެ އަގު އެންމެ ބޮޑަށް ދަށްވި ފަހަރެވެ.
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑު ކޮށްފި
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
ހަ މަހަށް ފަހު އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި
ޓެކްސީދަތުރުތަކުގެ އަގުބޮޑުކުރަން ޑްރައިވަރުން ނިންމައިފި
ކަނޑުއުޅަނދުފަހަރަށް ވިއްކާ ތެޔޮޮ ކޮންޓްރޯލްކޮށްފި