18 މާޗް 2018
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލަމެންޓުން މިދިޔަ ހަފުތާގައި ނެރުނު ގަރާރުގައި ހުރި ދީނާ ފުށުއަރާ ކަންކަމާ މެދު އިސްލާމީ ފަތުވާ ދޭ މަތީ މަޖިލީހުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލަމެންޓުން މިދިޔަ ހަފުތާގައި ނެރުނު ގަރާރުގައި ހުރި ދީނާ ފުށުއަރާ ކަންކަމާ މެދު އިސްލާމީ ފަތުވާ ދޭ މަތީ މަޖިލީހުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ އެ ގަރާރުގައި ދިވެހިންގެ އަގީދާ އާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންތައްތަކެއް ހުރި ކަމަށެވެ.
ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތަކުގެ މައްޗަށް މައިގަނޑު ގޮތެއްގައި ބަލާފައިވާ އީޔޫގެ ގަރާރުގައި އިސްލާމް ދީނަށް ފުށުއަރާ ކަންތައްތަކެއް ހުރިކަން އެ މަޖިލީހުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި އެއް ޖިންސުގެ ގުޅުންތަކަށް ފުރުސަތު ދިނުމާއި އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ޖާގަ ދިނުމުގެ އިތުރުން މަރުގެ އަދަބު ތަންފީޒު ނުކުރަން ހުށަހަޅާފައިވާ ހުށަހެޅުން ހިމެނެ އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން އަލުން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަދި އެހެން ދީންތަކުގެ މީހުންނަށް އަދަބު ލިބޭ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައިވެ އެވެ. އެކަމަކު އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަމުގެ ވާހަކަ ގަރާރުގައި ނުހިމެނެ އެވެ.
ޝެއިހު ރަޝީދު ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ދެވެން ނެތް ކަމަށެވެ.
"އިސްލާމް ދީން ނޫން އެހެން ދީނަކަށް މި ތާހިރު ފަސްގަނޑަކުން އެހެން ކަހަލަ އަގީދާއަކަށް ޖާގައެއް ނެތް. ގާތްގަނޑަކަށް ހަތަރު ލައްކަ އިންސާނުން މިތަނުގައި އެބަ ދިރިއުޅޭ. އެ ހުރިހާ އެންމެންނަކީ މުސްލިމުން،" ރަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މިތަނަކީ އޫރު، ކުއްތާ ގެންގުޅޭ ތަނެއް ނޫން. ބުދެއް ފައްޅިއެއް ހުރި ތަނެއް ނޫން މިއީ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން މި [ފަތުވާދޭ މަޖިލީހުގެ މެމްބަރުން] މި ގޮވާލަނީ ހުރިހާ އެންމެން ވެސް ދީނަށް ރައްކާތެރިވެ ދީން ދިފާއުކުރަން ތިބޭށޭ."
އޭނާ ވިދާޅުވީ ބޭރުގެ ޖަމާއަތަކުން ރާއްޖޭގައި ދީނީ މިިނިވަންކަން ނެތުމުގެ ކަންބޮޑުވުންތައް ފާޅުކުރިކަމުގައި ވިއަސް އެއީ ދިވެހިން ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީ ވެސް ބިނަކޮށްފައި ވަނީ އިސްލާމީ އުސޫލުތަކުގެ މައްޗަށެވެ.
"އިސްލާމް ދީނުގެ އަސްލުތަކަށް ފުށުއަރާ ކަމެއް އޮތިއްޔާ އެއީ ބާތިލް ކަމެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައި އެބަ އޮތް. އެހެންވީމަ އަޅުގަނޑުމެންގެ ސަރުކާރުން، އަޅުގަނޑުމެންގެ ރައީސް އިއުލާނުކުރައްވައިފި މި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށް. އެކަމަށް އަޅުގަނޑުމެން ވަރަށް ތާއީދުކޮށް އުފާކުރަން،" ރަޝީދު ވިދާޅުވި އެވެ.
ފަތުވާ މަޖިލިސް އެކުލަވާލައެއް ނުނިމުނު!
ދީނީ ނަސޭހަތުގެ ހުއްދަ ފަޒްލޫނާއި ނިޝާނަށް އަލުން ދީފި
ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލީސް
ޝަހީމްގެ ސިޔާސަތަކީ ސުލްހަވެރިކަމާ އެކު ބުނެދިނުން
އެހެން ދީންތަކުގެ ޝިއާރު ފާޅު ނުކުރެވޭނެ: މިނިސްޓްރީ
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
ޔޯގާގެ މައްސަލަ މިހާ ގޯސްވާނެކަމަށް އަންދާޒާ ނުކުރެވުނު
އެންމެން "ފަތުވާ" ނެރެނީ، ފަތުވާމަޖިލިސް ވާ ކޮށްފައި
ޔޯގާ ހަމަނުޖެހުން: މިނިސްޓްރީ އާއި ފުލުހުން މަޖިލީހަށް
ޝޭހް ފަޒްލޫނާއި ނިޝާންގެ ހުއްދަ ހިފަހައްޓައިފި