29 ނޮވެމްބަރ 2023
ހައްގާ ހަމައަށް ވާސިލްވާނީ އިލްމުގެ މައްޗަށް ހިންގާ ބަހުސްތަކުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ހައްގާ ހަމައަށް ވާސިލްވާނީ އިލްމުގެ މައްޗަށް ހިންގާ ބަހުސްތަކުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވިޔަސް އިސްލާމް ދީން ރަނގަޅަށް ބުނެދެވިފައި ނުވާތީ އެކި ކަންކަމަށް ހަޖޫޖެހުމާއި ފުރައްސާރަކުރުން އެބަ އޮތް ކަމަށެވެ. އެ ފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން ވެސް އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިލްމުގެ މައްޗަށް ބިނާކޮށް ހިންގާ ޑިބޭޓަކީ ވަރަށް މުހިއްމު އެއްޗެއް މުޖުތަމައުގައި އޮތުމަށް. އޭރުން ހައްގާ ހަމައަށް ވާސިލްވުމަށް ފަސޭހަވާނީ."
— Mihaaru (@Mihaarunews) November 29, 2023
ތަފުސީލު: https://t.co/J6JKM54j5N pic.twitter.com/RzXD2aGjn4
ޝަހީމް ވިދާޅުވީ ދީނީ ކަމަކާ މެދު ސުވާލެއް އުފެދިގެން ނުވަތަ ދީނުގައި އޮންނަ ކަމެއް ނޭނގިގެން ފާޑުކިޔާ މީހުންނަށް ގެންގުޅޭނެ ސިޔާސަތަކީ ސުލްހަވެރިކަމާ އެކު، އެކަމެއް ބުނެދިނުން ކަމަށެވެ. އެ ކަންކަން ހައްލު ކުރެވޭނީ މަޑުމައިތިރިކަމާއި ލޯތްބާއި ކުލުނުވެރިކަން ކުރިއަށް ނެރެ، ރަނގަޅު ގޮތް ބުނެދީގެން ކަމަށާއި އިލްމުގެ މައްޗަށް ހިންގާ ބަހުސްތަކާއި ޑައިލޮގްތަކަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އިލްމުގެ މައްޗަށް ބިނާކޮށް ހިންގާ ޑިބޭޓަކީ ވަރަށް މުހިއްމު އެއްޗެއް މުޖުތަމައުގައި އޮތުމަށް. އޭރުން ހައްގާ ހަމައަށް ވާސިލްވުމަށް ފަސޭހަވާނީ. މި ހިދާޔަތުގެ ތެރެއަށް ގެނައުން އެއީ ކުރާނެ މަސައްކަތެއް. ފާޅުކުރާ ހިޔާލަކުން އެކަނި އަދާވާތްތެރިވެ، އެކަން ކުރާނަމަ މުޖުތަމައުގައ ނޭދެވޭ ކަންކަން ހިނގާނެ. މިނިސްޓްރީއަކީ މީހުންނަށް ރަނގަޅު ގޮތް ބުނެދޭ ތަނަކަށް ވާތީ، މެންޑޭޓުގައި އޮތް އެންމެ ރަނގަޅަކަށް ކުރާނެ،" ޝަހީމް އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދީނާ ގުޅޭގޮތުން އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ދީނީ ހަރުކަށި ފިކުރު ފުޅާވަމުން ދިއުމާއި ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު ނޭޅުމުގެ ޝަކުވާތަކެވެ.
މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ ސިކުނޑިތަކަށް ވެސް ހައްދު ފަހަނައެޅުން ފޯރާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހިތާމަވެރި ކަންކަން ހިނގާފައިވާ ކަމަށެވެ.
ހައްދުފަހަނަ އެޅުމަކީ ވެސް ފިކުރާ ގުޅިފައިވާ ކަމަކަށް ވާތީ އިލްމު ފަތުރައިގެން އެ ދާއިރާ ހައްލުކުރަަން މަސައްކަތް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވިސްނިފައި އޮތް ގޮތުގައި، ހަރުކަށި ފިކުރު މިއީ ފިކުރީ މައްސަލައެއް. އަޅުގަނޑުގެ ތަޖުރިބާއަކީ މިކަން ހައްލު ކުރެވޭނީ ހަމަ ފިކުރުންނޭ، މާނައަކީ އިލްމު ފަތުރައިގެންނޭ،" މީގެ ކުރިން އެހެން ބައެއް ސަރުކާރުތަކުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، "މިހާރު" އަށް އިންޓަވިއު ދެއްވަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ރާއްޖޭގެ ރަށްރަށުގައި އަސްކަރީ ކުރިމަތިލުންތައް ހިނގާފައި ވެސް އެބަހުރި ކަމަށާއި އިލްމުވެރިން ތިބެގެން ހަރުކަށި ފިކުރުގެ މީހުންނަށް ރަނގަޅު ގޮތްތައް ބުނެދީގެން އެކަން ހައްލުކޮށްފައިވާތީ، ޝަހީމް ގަބޫލުކުރައްވަނީ ކުރިއަށް އޮތް ތަނުގައި ވެސް ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރެވޭނީ އިލްމީގޮތުން މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
"ދީނީ ހޭލުންތެރިކަން އިތުރުކުރަންވީ އީޖާބީ ނަޒަރަކުން. ރަނގަޅަކީ ކޮބައިކަން، ނުބަޔަކީ ކޮބައިކަން ޒުވާނުންނަށް ބުނެދޭންވީ. ޒުވާނުންނާ ގާތްވާންވީ. ދީނުގައި އޮތް ކަންތައްތައް އެ މީހުންނަށް ކިޔައިދޭންވީ. މިހާރު މި ފަށަނީ ފަސް އަހަރުގެ ޕްލޭންގެ ފުރަތަމަ ބައި،" އޭނާ ވިދާޅުވި އެވެ.
ދީނީ ހޭލުންތެރިކަމުގެ ފުރަތަމަ އަހަރު އިސްކަންދޭނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އިސްލާމް ދީނުގެ ހުކުމްތަކާއި އީމާންކަމުގެ ރުކުންތައް އަދި މުޖުތަމައުގައި ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި މުހިއްމު ފިލާވަޅުތަކުގެ މައްޗަށެވެ. އިލްމީ ޒުވާނުންތަކެއް އިސްވެ ކުރާ މި މަސައްކަތް ވަރަށް ކާމިޔާބުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލީސް
އިސްލާމިކް މިނިސްޓްރީގެ "މީޑިއާ މައުރަޒު" ފަށައިފި
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
ޔޯގާގެ މައްސަލަ މިހާ ގޯސްވާނެކަމަށް އަންދާޒާ ނުކުރެވުނު
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
މާތް ﷲ ވޮޑިގެންވޭތޯ ސުވާލު އުފެއްދި މައްސަލައެއް
ޝަރީއަތް ނޭނގޭމީހުންނާ ހެދި އަންހެނުންނަށް އަނިޔާ ލިބޭ
ބޭރުންް ގެންނަ ހާފިޒުން ސްކްރީން ކުރަނީ
ރަޖިސްޓްރީ ނުކޮށް ހިންގާ މަދުރަސާތަކެއް ހުއްޓުވަނީ
ދީނަށް ފުރައްސާރަކުރުން ހުއްޓުވާނަން: މިނިސްޓްރީ