Roadha Mihaaru

މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހުއްދަ ދެއްވައިފި އެވެ.

މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

15 އެޕްރީލް 2025

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހުއްދަ ދެއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޝެއިހްގެ އެ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާންމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވާނެ ކަމަށެވެ.

އެ ދަތުރުފުޅުގައި ރާއްޖޭގެ އިލްމުވެރިންނާ ވެސް ބައްދަލުކުރައްވައި ސައުދީ ސަރުކާރުގެ އެހީގައި ހަދާފައިވާ ސަލްމާން މިސްކިތަށް ވެސް ޒިޔާރާތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެެވެ.

މިނިސްޓްރީން ބުނި ގޮތުގައި އިސްލާމީ މުއައްސަސާތަކަށް ޒިޔާރާތް ކުރެއްވުމުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ވެސް ކުރައްވާނެ އެވެ.

މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ.

މަދީނާގެ ހަރަމްފުޅުގެ އިމާމް އަދި ހަތީބު ޑރ. ސަލާހުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ.

މިނިސްޓްރީން ބުނީ ހަރަމްފުޅުގެ އިމާމަކު، ފާއިތުވި 40 އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތް ކުރައްވާފައި ނުވާ ކަމަށެވެ.

މީގެ ކުރިން ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގަތީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިިއްޔާތަށެވެ. އެ ފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ޝައިހް މުހައްމަދު އައްސުބައްޔިލް އެވެ.

މިފަހަރު ރާއްޖެ ވަޑައިގަންނަވާ މަދީނާގެ ހަރަމްފުޅުގެ އިމާމަކީ ވެސް ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ހަރަމްފުޅުގައި އިމާމުވެ، ތަރާވީހް ނަމާދު ވެސް ކުރައްވަ އެވެ. އަދި އެ ބޭފުޅާއަކީ އިސްލާމީ ދުނިޔޭގެ އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.