ސުންނަތަށް ތަބާވެ، މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭ ކަމެއް ކަމަށް ކީރިތި ރަސޫލާ ﷺ ގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު މިއަދު ވިދާޅުވެއްޖެ އެވެ.
ސުންނަތަށް ތަބާވެ، މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭ ކަމެއް ކަމަށް ކީރިތި ރަސޫލާ ﷺ ގެ މިސްކިތް، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު މިއަދު ވިދާޅުވެއްޖެ އެވެ.
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އެހެން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ޚަޠީބުންނާއި އިމާމުންނާ އެކު ބޭއްވި ބައްދަލުުވުމެއްގަ އެވެ.
އިމާމުންނާއި ޚަތީބުންނަށް ބޭނުންތެރި ނަސޭހަތްތަކެއް ދެއްވަމުން ސަލާހުލް ބުދައިރު ވިދާޅުވީ، އިލްމު ހޯދުމަކީ އިމާމުން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ނަމާދާ ގުޅޭ ހުކުމްތަކާއި ދީނުގެ އެކި ހުކުމްތައް އެންމެ ފުރިހަމައަށް އުނގެނުން ވެސް މުހިންމު ކަމަށެވެ.
މަސްޖިދުއް ނަބަވީގެ އިމާމުގެ ނަސޭހަތުގެ ތެރެއިން އަލިއަލުވައިލެއް އެއް ކަމަކީ ސޯޝަލް މީޑިއާ ބޭނުންކުރުމުގެ އުސޫލުތަކެވެ. ސަލާހުލް ބުދައިރު ވިދާޅުވީ، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކުރާއިރު ވެސް އިމާމުންގެ ހައިސިއްޔަތާ ނުގުޅޭ ކަންކަން އެ ވަސީލަތް މެދުވެރިކޮށް އާންމު ކުރުމާއި ކޮމެންޓު ކުރުން ފަދަ ކަންކަމުން ދުރުވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.
މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ރާއްޖޭގެ ބައެއް އިމާމުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިމާމު ވިދާޅުވިގޮތުގައި އިމާމުކަމާއި ޚަތީބުކަމުގެ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު ކަމެކެވެ. އެހެންވެ، އެ މަސްއޫލިއްޔަތު ވީހާ ވެސް ރަނގަޅަށް އަދި ފުރިހަމައަށް އަދާކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ނަސޭހަތުގައި ސަލާހުލް ބުދައިރު އެދިވަޑައިގެންނެވި އެއް ކަމަކީ މުޖުތަމަޢު ބަލައިގަންނަ ނަމޫނާ ބަޔަކަށް އިމާމުން ވުމަށެވެ، އިމާމުންނަކީ މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް އިމާމުންގެ މާތްކަމާއި މުޖުތަމައު ފިތުނަވާ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ނުކުރުމަށް ސަލާހުލް ބުދައިރު ނަސޭހަތްތެރިވެވަޑައިގަތެވެ.
މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ރާއްޖޭގެ ބައެއް އިމާމުންނާ މިއަދު ބައްދަލުކުރައްވާއިރު އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު ލަތީފު.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސަލާހުލް ބުދައިރު ރާއްޖެ އަށް ކުރައްވާ ދަތުރުގެ ތެރެއިން މިރޭގެ މަޣުރިބު ނަމާދާއި އިޝާ ނަމާދު ކިންގް ސަލްމާން މިސްކިތުގައި ކުރެއްވި އެވެ. އަދި މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރެއްވުމަށް ފަހު އިސްލާމީ މަރުކަޒުގައި ދީނީ ނަސޭހަތް ދެއްވާނެ އެވެ.
ސަލާހުލް ބުދައިރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި އެ މިނިސްޓްރީގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ފަތުވާ މަޖިލިހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އަށް ވެސް މިއަދު ވަޑައިގަތެވެ.
ހަރަމްފުޅު އިމާމް ރައީސްގެ އަރިހަށް ޒިޔާރަތްކުރައްވައިފި
ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
ހަރަމްފުޅުގެ އިމާމް، ތުއްތު ކުދިންނާއެކު ވަގުތުކޮޅެއް!
މަސްޖިދުއް ނަބަވީގެ ތަރައްގީއަށް އާ މަޝްރޫއެއް
ސަލްމާން މިސްކިތް ހުޅުވަން ވަލީއަހުދު ރާއްޖެއަށް
މިސްކިތްހުޅުވުން ލަސްވަނީ ސައުދީ އޮފިޝަލުންނަށް ނާދެވޭތީ
ކިންގް ސަލްމާން މިސްކިތް ވަގުތީ ގޮތުން ހުޅުވަނީ
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މަޑުޖައްސާލައިފި