Roadha Mihaaru
މިސްކިތްހުޅުވުން ލަސްވަނީ ސައުދީ އޮފިޝަލުންނަށް ނާދެވޭތީ

ސަލްމާން މިސްކިތް ހުޅުުވުން ލަސް ވަނީ ސައުދީގެ އޮފިޝަލުންނަށް ނާދެވިގެން: ސަރުކާރު

12 އެޕްރީލް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމަކަށް ސައުދީ ސަރުކާރުން މާލޭގައި އިމާރާތްކޮށްދީފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަނީ އެ ތަން ހުޅުވުުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ސައޫދީ އަރަބިއްޔާގެ އޮފިޝަލުންނަށް ވަޑައިގެންނެވޭ ފަދަ ހާލަތަކަށް ނުދާތީ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމަކަށް ސައުދީ ސަރުކާރުން މާލޭގައި އިމާރާތްކޮށްދީފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަނީ އެ ތަން ހުޅުވުުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ސައޫދީ އަރަބިއްޔާގެ އޮފިޝަލުންނަށް ވަޑައިގެންނެވޭ ފަދަ ހާލަތަކަށް ނުދާތީ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކިންގް ސަލްމާން މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތެއް ކަމަަށާއި އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައުދީ ސަރުކާރުން ފާޅުކޮށްފައިވާ ކަމަށެވެ.

އެ މިސްކިތް ހުޅުވަން އެކި ފަހަރު މަތިން ތާރީހުތައް ދިވެހި ސަރުކާރުން ކަނޑައެޅި އެވެ. މާދަމާ ފަށާ މި ރޯދަމަހަށް ވެސް ތަނުގައި ނަމާދުކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީގެ އޮފިޝަލުންނަށް ވަޑައިނުގެންނެވުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ރައްކާތެރިކަން ނެތިގެން ކަމަށެވެ.

"...ސައުދީ އަރަބިއްޔާއިން ވަޑައިގަންނަވާ ބޭފުޅުންނަށް ވަޑައިގެންނެވޭ ފަދަ ހާލަތަކަށް ނުދާތީ ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްްވާ ވާހަކަ ހިތާމައާ އެކު ފާހަގަކުރަމެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާން

ސައުދީ ބޭފުޅުންނަށް ވަޑައިގެންނެވޭ ގޮތް ނުވުމުގެ އިތުރުން އެ މިސްކިތުގައި ގާއިމްކުރަން ޖެހޭ ވަސީލަތްތައްް ގާއިމްކޮށް އަދި ނުނިމޭކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ކިންގް ސަލްމާން މިސްކިތް ބިނާކުރީ ގާތްގަނޑަކަށް 370 މިލިޔަން ރުފިޔާ ހަރަދުކޮށްގެންނެވެ.