10 ޖެނުއަރީ 2022
ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަމަހަށް ހުޅުވުމަށް ބޭނުންވާ ތަކެތި ގަންނަން ސައުދީ ސަރުކާރުން ދެ މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.
ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަމަހަށް ހުޅުވުމަށް ބޭނުންވާ ތަކެތި ގަންނަން ސައުދީ ސަރުކާރުން ދެ މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި އިމާރާތް ކޮށްފައިވާ މިސްކިތް ހުޅުވައި ބޭނުންކުރުން ލަސްވަމުންދާތީ އާއްމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.
ނަމަވެސް އެ މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި ވަސީލަތްތައް ނުލިބޭތީ އެތަން ފޮޅައި ސާފުކޮށް ބެލެހެއްޓުމުގައި ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް، މިދިޔަ ޑިސެމްބަރު މަހުގެ 26 ގައި ފޮނުއްވި ސިޓީގައި މިނިސްޓަރު ވިދާޅުވި އެވެ.
މިސްކިތް ހުޅުވުމުގެ މަޝްވަރާ އަށް ސައުދީ ސަރުކާރުގެ ވަފުދެއް ވެސް މިދިޔަ އަހަރު ރާއްޖެ އަށް އައެވެ. އެ ވަފުދުގެ ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ އަންނަ އޭޕްރީލް 2 ގައި ފަށާ ރޯދަ މަސް އައުމުގެ ކުރިން ރަސްމީކޮށް މިސްކިތް ހުޅުވުމަށް މަޝްވަރާ ކުރައްވައިފަ އެވެ.
އެކަމަށް ބޭނުންވާ ތަކެތި ގަތުމަށް ދެ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ދޭނެ ކަމަށް ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެ އެވެ.
ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރާއި ޕްރޮޖެކްޓަށް ހުށަހަޅާފައިވާ ކޯޓޭޝަންގެ އަގަކީ 1.6 މިލިއަން ޑޮލަރެވެ.
އެހެންވެ، މިނިސްޓްރީން އެދިފައިވަނީ މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދަން ހަމަޖައްސައި ދިނުމަށް އެދިފަ އެވެ.
"ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ނުގެންދެވިއްޖެ ނަމަ އަންނަ ރަމަޟާން މަހަށް ވެސް ކިންގް ސަލްމާން މިސްކިތް ނުހުޅުވި ލަސްވެދާނެތީ އާއި މިކަމަށް ބޭނުންވާ ފައިސާއަކީ ސައުދީ ސަރުކާރުން ދެއްވާނެ ފައިސާއަކަށް ވާތީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރައްވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވުން އެދެމެވެ،" ސިޓީގައި ވެ އެވެ.
ކިންގް ސަލްމާން މި މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެ މަސައްކަތަށް ސަރުކާރުން ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އޭނާ ވިދާޅުވީ ކިންގް ސަލްމާން މިސްކިތަށް މިހާތަނަށް ބޮޑު ހޭދައެއް ކުރީ ދިވެހި ސަރުކާރުން ކަމަށެވެ. އެކަމަކު އެ ފައިސާ ސައޫދީން އަނބުރާ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނިންމިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް އެ މިސްކިތް ބޭނުންކުރަން އަދި ނުފަށަ އެވެ. މިސްކިތް ހުޅުވާނެ ކަމަށް ސަރުކާރުން މީގެ ކުރިން އެކި ތާރީހުތައް ވެސް ދިނެވެ.
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
ސަލްމާން މިސްކިތް ނުހުޅުވި އަނެއް ރޯދަމަސް އަންނަނީ!
ސަލްމާން މިސްކިތް ރޯދައަށް ހުޅުވަން ފައިސާ ދޫކުރަނީ
ދިވެހި އުމްރާވެރިންނަށް ވެކްސިންގެ މައްސަލައެއް ނެތް
ހައްޖަށް ދެވޭނެ ކަމަށް ސައޫދީން އަދި ނާންގާ:މިނިސްޓަރު
މިސްކިތްހުޅުވުން ލަސްވަނީ ސައުދީ އޮފިޝަލުންނަށް ނާދެވޭތީ
ސަލްމާން މިސްކިތް ރޯދައަށް ނުހުޅުވޭނެ: މިނިސްޓްރީ
ފުރުސަތު ލިބިއްޖެ ނަމަ ހައްޖުގެ އިންތިޒާމް ހަމަޖައްސާނެ
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މަޑުޖައްސާލައިފި
ކިންގްސަލްމާން މިސްކިތް ރޯދައިގެ ކުރިން ހުޅުވޭތޯ ބަލަނީ