16 ޖޫން 2020
ރާއްޖެ އިން ހައްޖުގެ އަޅުކަމަށް މީހުން ދިއުމުގެ ފުރުސަތު އެންމެ ފަހު ވަގުތު ލިބިއްޖެ ނަމަވެސް އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ހައްޖުގެ އަޅުކަމަށް މީހުން ދިއުމުގެ ފުރުސަތު އެންމެ ފަހު ވަގުތު ލިބިއްޖެ ނަމަވެސް އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ބިރާއެކު، ބައެއް ގައުމުތަކުން މި އަހަރު ހައްޖަށް ނުފޮނުވަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަނީ ހައްޖަށް ދިއުމަށް ހުޅުވާލައިފިނަމަ އެ ފުރުސަތު ބޭނުން ހިފުމަށް ކަމަށް ވިދާޅުވި އެވެ.
"ރާއްޖެއިން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސައުދީ ސަރުކާރުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފި ކަމަށް ވަންޏާ އަޅުގަނޑުމެން ހައްޖަށް ދިވެހިންނަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައްޖުގެ އަޅުކަމަށް ފުރުސަތު ދިނުމާ ގުޅޭގޮތުން ސައުދީ ސަރުކާރުން އަންނަނީ ދިރާސާއެއް ކުރަމުންނެވެ. އޭގައި ވީހާ ވެސް މަދު ބަޔަކަށް ފުރުސަތު ދީގެން ކަންކަން ކުރިއަށް ގެންދާނެ ގޮތް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުން 2.4 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރި އެވެ. ނަމަވެސް ދިރާސާ ހަދަމުން އަންނަނީ އެ އަދަދު 270،000 އަށް މަދުކޮށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ. މީހަކު ބަލިވެއްޖެނަމަ ކަންތައް ކުރާނެ ގޮތާއި އައިސޮލޭޓް ކުރާނެ ގޮތްތައް ވެސް އެއިން އެނގިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖެއިން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސައުދީ ސަރުކާރުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފި ކަމަށް ވަންޏާ އަޅުގަނޑުމެން ހައްޖަށް ދިވެހިންނަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއިން މީހުން ހައްޖަށް ފޮނުވުމަށް ސައުދީން ކަނޑައަޅާފައިވާ ރަސްމީ ކޯޓާއަކީ 1،000 އެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ރާއްޖެ އަށް ކޯޓާގެ އަދަދު 2،000 އަށް އިތުރުކޮށްދެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ބަލަމުން އަންނަ ކަންތައްތަކަށް ފަހު ހައްޖަށް ގެންދިއުމަށް ރާއްޖެއަށް ލިބޭ ކޯޓާ މަދުވެގެންދާނެ އެވެ. އެ ކަންކަން ޔަގީންވުމުން ގްރޫޕުތަކަށް ބަހާލާނެ ކަމަށް ވިދާޅުވި އެވެ.
ހައްޖު ކޯޓާގެ 50 ޕަސެންޓް ހާއްސަކޮށްފައިވަނީ ސަރުކާރުގެ ކުންފުނި، ހައްޖު ކޯޕަރޭޝަނަށެވެ. ބާކީ 50 ޕަސެންޓް ބަހާލާނީ، އެކަމަށް އެ އަހަރަކު ހުއްދަ ދޭ ގްރޫޕުތަކުގެ މެދުގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައުދީން ދީފާނެ ފުރުސަތަކަށް ތައްޔާރުވުމަށް، ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހެޅި ފޯމުތައް މިހާރު އަންނަނީ އިވެލުއޭޓްކުރަމުންނެވެ.
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
ދިވެހި އުމްރާވެރިންނަށް ވެކްސިންގެ މައްސަލައެއް ނެތް
ހައްޖަށް ދެވޭނެ ކަމަށް ސައޫދީން އަދި ނާންގާ:މިނިސްޓަރު
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ބަލި މީހުންނަށް ހާއްސަ ހައްޖުގެ ޖާގަތަކަށް ހުޅުވާލައިފި
ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދޭން އެދިއްޖެ
ހައްޖަށް ގެންދަން ރާއްޖެއަށް ލިބުނީ 1،000 ކޯޓާ
ސަލްމާން މިސްކިތް ނުހުޅުވި އަނެއް ރޯދަމަސް އަންނަނީ!