10 މެއި 2021
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު، ހަައްޖުގެ އަޅުކަން މި އަހަރު ކުރިއަށް ގެންދާނެ ކަަމަށް ސައުދީ އަރަބިއްޔާ އިން ބުނި ނަމަވެސް ހައްޖަށް ދެވޭނެ ކަމަށް އެ ގައުމުން އަދި ރާއްޖެ އަށް ނާންގާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވުމުން، ސައޫދީ އަރަބިއްޔާ އިން މިދިޔަ އަހަރު ވަނީ އެ ގައުމުގައި ތިބި މީހުން ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭ ގޮތަށް އުސޫލެއް ހަމަޖައްސައިފަ އެވެ. އެކަމަކު، މި އަހަރު އަދި އެފަދަ އުސޫލެއް ހަމައެއް ނުޖައްސަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު، ހަައްޖުގެ އަޅުކަން މި އަހަރު ކުރިއަށް ގެންދާނެ ކަަމަށް ސައުދީ އަރަބިއްޔާ އިން ބުނި ނަމަވެސް ހައްޖަށް ދެވޭނެ ކަމަށް އެ ގައުމުން އަދި ރާއްޖެ އަށް ނާންގާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވުމުން، ސައޫދީ އަރަބިއްޔާ އިން މިދިޔަ އަހަރު ވަނީ އެ ގައުމުގައި ތިބި މީހުން ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭ ގޮތަށް އުސޫލެއް ހަމަޖައްސައިފަ އެވެ. އެކަމަކު، މި އަހަރު އަދި އެފަދަ އުސޫލެއް ހަމައެއް ނުޖައްސަ އެވެ.
ނަމަވެސް މައުލޫމާތު ހުރި މީހުންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައޫދީގައި އުޅޭ، އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނޭ ގޮތަށް، ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި އެ ބަލި ޖެހި ރަނގަޅުވިތާ ހަ މަސް ނުވާ މީހުންނަށެވެ. އެކަމަކު، މީގެ ތެރެއިން އަމަލުކުރާނީ ކޮން ގޮތަކަށް ކަމެއް އަދި ނުނިންމާ ކަމަށް ވެ އެެވެ.
މިކަމާ ގުޅޭ ގޮތުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު "މިހާރު" އަށް ވިދާޅުވީ، ސައޫދީން މި އަހަރު އަމަލުކުރާނެ މިންގަނޑުތައް ވެސް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ދެވޭނެ ކަމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވެސް މިހާތަނަކަށް ނާންގަ އެވެ. ކުރީގެ އަހަރުތަކުގައި އެ ގައުމުގެ ހައްގު މިނިސްޓްރީން ގައިޑްލައިންތަކާއި އެއްބަސްވުންތައް ވެސް މިހާތަނަށް ފޮނުވާ ކަމަށާއި މިފަހަރު އަދި އެ ލިޔެކިޔުންތައް ވެސް ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ޒާހިރު ވިދާޅުވި ގޮތުގައި ހައްޖުގެ އަޅުކަމަށް މިހާ ކުޑަތަންވެފައި އޮތަސް، ފުރުސަތު ލިބިއްޖެ ނަމަ ރާއްޖެ އިން ހައްޖަށް މީހުން ފޮނުވާނެ އެވެ.
ހައްޖަށް މީހުން ފޮނުވުމަށް އާންމުކޮށް ސައުދީން 1،000 ޖާގަ ދެ އެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން ހައްޖަށް ފޮނުވަނީ ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. ބާކީ 50 ޕަސެންޓް ކޯޓާ ބަހާލަނީ ހައްޖަށް މީހުން ގެންދާ އަމިއްލަ ކުންފުނިތަކުގެ މެދުގަ އެވެ.
މިނިސްޓަރު ވިދާޅުވީ އާންމުކޮށް ހައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ އަމިއްލަ ކުންފުނިތަކަށް މި ރޯދަމަހުގެ ކުރިން ފުރުސަތު ހުޅުވައިލަނީ އެ މީހުން ގެންދާ މީހުންގެ އިންތިޒާމުތައް ކުރިން ހަމަޖެއްސުމަށް ކަމަށެވެ. އެކަމަކު މިފަހަރު އަދި އެ ފުރުސަތު ވެސް ހުޅުވައެއް ނުލަ އެވެ.
"އެކަމަކު ޝައްވާލު މަސް ނިމުމުގެ ކުރިން ވަކި ގޮތެއް އަންގައިފި ނަމަ، އަމިއްލަ ކުންފުނިތަކަށް ވެސް ފުރުސަތު ދެވިދާނެ މީހުން ހައްޖަށް ގެންދަން. އެހެންވީމާ، އޭގެ ފަހުން ލިބިއްޖިއްޔާ ހައްޖު ކޯޕަރޭޝަނާ އެކު އަޅުގަނޑުމެން ކުރިއަށް ދާނީ، ހައްޖު ކޯޕަރޭޝަންގެ ނޯޓު ކުރެވިފައިވާ ލިސްޓާ އެއްގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިހާތަނަށް ސައުދީން ވަކި ގޮތެއް އަންގާފައި ނުވާތީ، ސައޫދީގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ފޮރިން މިނިސްޓްރީއާ އެކު މަޝްވަރާކުރާނެ ކަމަށާއި މި ހަފުތާގެ ތެރޭގައި އެކަމުގެ ޚަބަރެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.
މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހާ އެވެ. މިދިޔަ އަހަރު ހައްޖުގެ އަޅުކަން ބާއްވާފައި ވަނީ ސައޫދީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކު ބައިވެރިކޮށްގެންނެވެ. ހައްޖުގެ އަޅުކަމަށް އާންމު ގޮތެއްގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން މައްކާ އަށް ކޮންމެ އަހަރަކު ދެ އެވެ. އެކަމަކު މިދިޔަ އަހަރު ހައްޖުގެ އަޅުކަން ބޭއްވި އެ އަދަދު 10،000 އަށް ވުރެ އިތުރު ނުވާ ގޮތަށެވެ.
"އެކަމަކު ޝައްވާލު މަސް ނިމުމުގެ ކުރިން ވަކި ގޮތެއް އަންގައިފި ނަމަ، އަމިއްލަ ކުންފުނިތަކަށް ވެސް ފުރުސަތު ދެވިދާނެ މީހުން ހައްޖަށް ގެންދަން. އެހެންވީމާ، އޭގެ ފަހުން ލިބިއްޖިއްޔާ ހައްޖު ކޯޕަރޭޝަނާ އެކު އަޅުގަނޑުމެން ކުރިއަށް ދާނީ، ހައްޖު ކޯޕަރޭޝަންގެ ނޯޓު ކުރެވިފައިވާ ލިސްޓާ އެއްގޮތަށް،" --- ޑރ. ޒާހިރު
ކޮވިޑްގެ ހާލަތުން މިހާތަނަށް އަރައިގަނެވިފައި ނުވާތީ ހައްޖުގެ އަޅުކަން މި އަހަރު ވެސް ކުރިއަށް ދާނެ ގޮތާ މެދު ސުވާލު އުފެދެ އެވެ. އެކަމަކު ސައުދީގެ ހައްޖާއި އުމްރާގެ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނަކާ ހަވާލާދީ ސައުދީ ގެޒެޓް ނޫހުން ބުނީ ހައްޖުގެ އަޅުކަން ކުރިއަށް ގެންދާނީ ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ ވަރުގަދަ ފިޔަވަޅުތަކަކާ އެކު އެވެ. ހައްޖުވެރިންނަށް މާސްކް އެޅުން މަޖުބޫރުކޮށް، ގައިދުރުކަން ބަހައްޓަން ޖެހުނެވެ. ކޮންމެ ހައްޖުވެރިއެއްގެ އަތުގައި އިލެކްޓްރޯނިކް ބޭންޑެއް ވެސް އެޅުވި އެވެ. އޭގެ ސަބަބުން ހައްޖުވެރިންގެ ހަރަކާތްތައް، ރަސްމީ ފަރާތްތަކަށް ދެނެގަނެވެ އެވެ. ހައްޖުވެރިންގެ ހުން ބަލައި، އެ މީހުންގެ ދަބަސްތައް ޑިސްއިންފެކްޓްކުރެ އެވެ. އަދި ހަރަމްފުޅު ސާފުކޮށް ޑިސްއިންފެކްޓް ކުރަމުންދިޔަ އެވެ. އަދިި އެއްވެސް ހައްޖުވެރިޔަކަށް ގެފުޅުގައި އަތްލަން، ފުރުސަތު ދީފައެއް ނުވެ އެވެ.
މެދު އިރުމަތީގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައި އޮއްވައި، ސައުދީން އެ ފަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައިރު ތޮވާފް ކުރުން ވެސް ބޭއްވީ ދެ މީހުންގެ މެދުގައި ފަސް ފޫޓުގެ ދުރުމިނެއް ބަހައްޓައިގެންނެވެ.
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
ފުރުސަތު ލިބިއްޖެ ނަމަ ހައްޖުގެ އިންތިޒާމް ހަމަޖައްސާނެ
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދޭން އެދިއްޖެ
ހައްޖަށް ގެންދަން ރާއްޖެއަށް ލިބުނީ 1،000 ކޯޓާ
ސަލްމާން މިސްކިތް ނުހުޅުވި އަނެއް ރޯދަމަސް އަންނަނީ!
ކިންގް ސަލްމާން މިސްކިތް ހުޅުވަން ސައުދީން ދެ މިލިއަން
ދިވެހި އުމްރާވެރިންނަށް ވެކްސިންގެ މައްސަލައެއް ނެތް