Roadha Mihaaru
ކަދުރު ބަހައި ނުނިމޭ: އިސްލާމިކް މިނިސްޓްރީ

ކަދުރު ބަހައި ނުނިމޭ: އިސްލާމިކް މިނިސްޓްރީ

05 މެއި 2020

ސައޫދީ އަރަބިއްޔާ އިން މި ރޯދަ މަހަށް ރާއްޖެ އަށް ހަދިޔާކުރި ކަދުރުތައް އަދިވެސް ބަހައި ނުނިމޭ ކަމަށާއި އެ ބަހަމުން އަންނަނީ ވީހާ ވެސް އިންސާފުވެރިކޮށް، ވީހާ ވެސް ގިނަ ބަޔަކަށް ލިބޭނެ ގޮތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސައޫދީ އަރަބިއްޔާ އިން މި ރޯދަ މަހަށް ރާއްޖެ އަށް ހަދިޔާކުރި ކަދުރުތައް އަދިވެސް ބަހައި ނުނިމޭ ކަމަށާއި އެ ބަހަމުން އަންނަނީ ވީހާ ވެސް އިންސާފުވެރިކޮށް، ވީހާ ވެސް ގިނަ ބަޔަކަށް ލިބޭނެ ގޮތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ބުނެފި އެވެ.

ކަދުރު ނުލިބޭކަމުގެ ޝަކުވާ އިތުރުވުމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެގެ ނިޔަލަށް 12،124 ޕެކެޓް ކަދުރު ބަހާފައިވާ ކަމަށެވެ. މީގެ އިތުރުން ފަގީރު 1،483 ގޭބީސީއަކަށް ކަދުރު ބަހާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، އިއްޔެގެ ނިޔަލަށް ނުބެހި ބާކީ 12،376 ޕެކެޓް ކަދުރު އެ މިނިސްޓްރީގައި އެބަހުއްޓެވެ.

"އަދި ހަމަ އެހެންމެ ސައޫދީ އަރަބިއްޔާ އިން ހަދިޔާ ކުރެއްވި އެއްވެސް ކަދުރެއް މިހާތަނަށް ދައުލަތުގެ އިސްވެރިންނަށާއި އަދި މި މިނިސްޓްރީގެ މުވައްޒަފުންނަށް ދެވިފައި ނުވާ ކަން ފާހަގަކޮށްލަމެވެ،" ބަޔާނުގައި ވެ އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ. އެއީ 25،000 ކަދުރު ޕެކެޓެވެ. އެ 50 ޓަނުގެ ކަދުރުގެ ތެރެއިން 50 ކޭސް ކަދުރު ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީގެ ބެލުމުގެ ދަށުން ބެހުމަށް ވަނީ އެއްބަސްވެފަ އެވެ. ބާކީ 2،450 ކަދުރު ކޭސް ނުވަތަ 24،500 ޕެކެޓް ބަހަން ނިންމީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އެއީ ސައޫދީ ސަރުކާރުގެ އެންގުމުގައި ކަނޑައަޅާފައިވާ ގޮތެވެ. އެ އުސޫލު ވެސް ވަނީ އާންމު ކޮށްފައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެ އުސޫލާ ހަވާލާދީ، އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ކަދުރު ބަހާނީ މާލެ އާއި އައްޑު އާއި ފުވައްމުލަކާއި ކުޅުދުއްފުށީގެ އިތުރުން އެހެން ރަށްރަށުގައި ވެސް މީހުން ދިރިއުޅޭ ގޭބީސީތަކުން ކަދުރު ބަލާ ހާޒިރުވާ ތަރުތީބުންނެވެ. އަދި މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ 2،350 ގޭބީސީގެ ތެރެއިން ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓް ކަދުރު ދޭންޖެހެ އެވެ. އެ ފަގީރު ގޭބީސީތަކަށް ކަދުރު ބެހުމަށް ފަހު، ބާކީ ކަދުރު ބަހަނީ އެންމެ ފުރަތަމަ އެ ބަލާ ދާ މީހުންނަށް އިސްކަންދީގެންނެވެ. އެ އުސޫލުން ކޮންމެ ގޭބީސީއަކަށް ވެސް ދެނީ އެއް ޕެކެޓް ކަދުރެވެ.

"އަދި ހަމަ އެހެންމެ ސައޫދީ އަރަބިއްޔާ އިން ހަދިޔާ ކުރެއްވި އެއްވެސް ކަދުރެއް މިހާތަނަށް ދައުލަތުގެ އިސްވެރިންނަށާއި އަދި މި މިނިސްޓްރީގެ މުވައްޒަފުންނަށް ދެވިފައި ނުވާ ކަން ފާހަގަކޮށްލަމެވެ،" ބަޔާނުގައި ވެ އެވެ.

"މި ގޮތުން 2019 ވަނަ އަހަރު ރާއްޖޭގައި ޖުމްލަ 63،102 ގޭބީސީ ހުރި ކަމަށް މި މިނިސްޓްރީ އަށް ކައުންސިލްތަކުން ފޮނުއްވާފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން، ސައޫދީ އަރަބިއްޔާގެ ސަރުކާރުން މިނިސްޓްރީ އަށް ހަވާލު ކޮށްފައިވާ ކަދުރަކީ، ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދެވޭ ވަރަށް ވުރެ މަދު އަދަދަކަށް ވުމާ އެކު، މި އަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބީސީތަކަށް ބެހުމަށް ފަހު، ކޮންމެ 100 ގޭބީސީއަކަށް 300 ޕެކެޓް ކަދުރު ދިނުމަށް ވަނީ ނިންމައިފަ އެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ތަފްސީލް ކޮށްދީފައި ވެ އެވެ.

އެ އުސޫލުން ކަދުރު ބެހުމަށް ހަވާލުކުރުމުގެ ކަންކަން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އިއްޔެގެ ނިޔަލަށް 78 ރަށަކަށް 9،567 ޕެކެޓް ޕެކެޓް ކަދުރު ހަދިޔާ ކޮށްފައިވާ ކަމަށް ބުންޏެވެ. ނަމަވެސް 103 ރަށަކަށް ފޮނުވަންޖެހޭ 8،577 ޕެކެޓް ކަދުރާ ހަވާލުވާނެ މީހަކު ކައުންސިލްތަކުން ނުދައްކާތީ، އެ ކަދުރުތައް ނުފޮނުވި އެބަހުރި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

"މާލެ ސިޓީ ކައުންސިލަށް ރައްކާތެރި ގޮތެއްގައި ކަދުރު ބެހޭނެ އިންތިޒާމު ހަމަޖެހެންދެން މާލެ އާއި ވިލިމާލޭގެ ގޭބީސީތަކަށް ދިނުމަށް ޖުމްލަ 290.3 ކޭސް (2903 ޕަކެޓް) ކަދުރު މިނިސްޓްރީގައި ވަނީ ބެހެއޓިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

"ހަމަ އެހެންމެ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް، ކަދުރު ބެހުމަށް ވަނީ 15 އޭޕްރީލް 2020 ގައި 188.1 ކޭސް (1881 ޕަކެޓް) ކަދުރު ހަވާލު ކުރެވިފަ އެވެ،" ބަޔާނުގައި ވެ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މީހުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. ނަމަވެސް މާލެ ސަރަހައްދުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމާ އެކު ކަދުރު ބެހުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުންޏެވެ. އެހެންވެ، އެ ކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާ އެކު މިހާރު ވެސް އިސްލާމިކް މިނިސްޓްރީން އަންނަނީ މަޝްވަރާ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާން

"މާލެ ސިޓީ ކައުންސިލަށް ރައްކާތެރި ގޮތެއްގައި ކަދުރު ބެހޭނެ އިންތިޒާމު ހަމަޖެހެންދެން މާލެ އާއި ވިލިމާލޭގެ ގޭބީސީތަކަށް ދިނުމަށް ޖުމްލަ 290.3 ކޭސް (2903 ޕަކެޓް) ކަދުރު މިނިސްޓްރީގައި ވަނީ ބެހެއޓިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

އެކަމަކު، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ 426 ފަގީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޚާއްސަ ޓާސްކް ފޯހާ 426 ޕެކެޓް ކަދުރު ހަވާލުކޮށްގެން ބެހި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ނިންމާފައި ވަނީ ރަށްރަށުން ހަވާލުނުވާ ކަދުރުތައް ކޮވިޑް-19 އާ ގުޅިގެން މީހުން ބައިތިއްބާފައިވާ ކަރަންޓީން ފެސިލިޓީތަކަށް ބެހުމަށެވެ. އެހެންވެ، އަންނަ ހޯމަ ދުވަހުގެ ކުރިން ކަދުރާ ހަވާލުވުމަށް ކައުންސިލްތަކުން މީހަކު ފޮނުވަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ

މިހާރު ވެސް ކަރަންޓީން ފެސިލިޓީތަކަށް ވަނީ 250 ޕެކެޓް ކަދުރު ބަހާފައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.