Roadha Mihaaru
މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީގެ ވަފުދެއް

ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ އަށް ސައުދީގެ ވަފުދެއް އަތުވެއްޖެ

29 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ އަށް ސައުދީ ސަރުުކާރުގެ ހާއްސަ މަންދޫބަކު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ އަށް ސައުދީ ސަރުުކާރުގެ ހާއްސަ މަންދޫބަކު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، ކާނިވާ ސަރަހައްދުގައި އިމާރާތް ކޮށްފައިވާ މިސްކިތް ހުޅުވުމުގެ މަޝްވަރާ މާދަމާ ފަށާއިރު، އެ މަޝްވަރާގައި ސައުދީގެ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެ ގައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ އަންޑަ ސެކްރެޓަރީ އައްވާދު ސަބްތީ އެލެނެޒީ އެވެ.

މި މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވާނީ ފޮރިން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި ޕްލޭނިން މިނިސްޓްރީގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ އިސް ބޭފުޅުންނެވެ.

ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްގެން އިމާރާތްކޮށްފައިވާ އެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތްތައް ނިންމިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ބުންޏެވެ. އެކަމަކު، އެންމެ ފަހުން ސަރުކާރުން ބުނެފައި ވަނީ އެތަން ރަސްމީކޮށް ނުހުޅުވި ލަސްވީ ކޮވިޑާ ގުޅިގެން ސައުދީގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށެވެ.

ސަލްމާން މިސްކިތް ނުހުޅުވި ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތުގެ އެކި މަގާމުތަކަށް މީހުން ހޯދުމަށް އިއުލާންކޮށްފަ އެވެ. މިސްކިތުގެ އިމާރާތުގައި، ނަމާދުކުރާ ތަނުގެ އިތުރުން ކުއްޔަށް ދޭ ހޯލުތަކާއި މީޓިން ރޫމުތަކެއް ހަދާފައި ވެ އެވެ. މިއީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި މިސްކިތެކެވެ.