ސައުދީ އަރަބިއްޔާގެ އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި އެވެ.
08 ސެޕްޓެމްބަރ 2025
ސައުދީ އަރަބިއްޔާގެ އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތްތައް ރާއްޖެއާ ހަވާލުކޮށްދެއްވީ ސައުދީ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އާއި އެ ޔުނިވާސިޓީގެ ޑިރެކްޓާ ޑރ. ސޯލިހް ބިން ސުލައިމާން އަލް އަރަޖާ އެވެ.
ރާއްޖެއިން އެ ފޮތްތަކާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ މިކަމުން ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ.
ޝަހީމް ވަނީ ސައުދީ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ސަރުކާރަށާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސް ވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި އެއާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި
މައްކާ ރޫޓް އިނިޝިއޭޓިވްގެ ޗެއާމަން ރާއްޖެ ވަޑައިގެންފި
މައްކާ ރޫޓް އިނީޝިއޭޓިވްގެ އިސް ވަފުދެއް ރާއްޖޭގައި
ފިކުރީ ބަލިމަޑުކަމަށް އޮތީ އިތުބާރު ހުރި އިލްމު ހޯދުން
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
ސްކޫލު ބަންދުގައި އުމްރާއަށް 4،000 އެއްހާ މީހުން
ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެ، ހާލު ރަނގަޅު
މިއީ އެންމެ ލުއި، އިންތިޒާމު ރަނގަޅު ހައްޖު މޫސުން