21 އޯގަސްޓް 2017
މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށް ރާއްޖެ އަށް ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު ހަމަޖައްސައިިދިން އިތުރު 1،000 ކޯޓާ އިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށް، ބާކީ ކޯޓާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށް ރާއްޖެ އަށް ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު ހަމަޖައްސައިިދިން އިތުރު 1،000 ކޯޓާ އިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށް، ބާކީ ކޯޓާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ސައޫދީ ސަރުކާރުން ކުރިން ނިންމާފައި އޮތީ ރާއްޖެ އަށް މި އަހަރު 1،000 ކޯޓާ ދިނުމަށެވެ. އެ ކޯޓާ ހައްޖު ކޯޕަރޭޝަނާއި ތިން ކުންފުންޏަކަށް ބަހާލައި، މި އަހަރު ޖާގަ ލިބުނު އެންމެން މިހާރު ތިބީ މައްކާގަ އެވެ.
ނަމަވެސް އެންމެ ފަހު ވަގުތު ރާއްޖެ އަށް އިތުރު 1،000 ކޯޓާ ދިނުމުން ހައްޖަށް މީހުން ގެންދަން މިހާރު ވަނީ ދަތިތަކަކާ ކުރިމަތިވެފަ އެވެ.
މައްކާ އިން ހޮޓާ ހޯދުމާއި ވެކްސިން ޖެހުމާއި އެ ނޫން ވެސް ދަތުރުގެ އިންތިޒާމްތައް އަވަސް އަރުވާލައިގެން ކުރަން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވާނެ އެވެ. އެކަމަކު، ފަހުން ހަމަޖައްސައިދިން ކޯޓާ އަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ވިސާ ޖެހުމުގެ ކަންކަމަށް ވަނީ ތައްޔާރުވެފަ އެވެ.
ހައްޖު ކޯޕަރޭޝަނަށް ދިން 500 ކޯޓާ އިން ހައްޖަށް ދާން ބޭނުންވާ މީހުންނަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެކަމަކު ރައީސް އޮފީހުގެ ބެލުމުގެ ދަށުގައިވާ ކޯޓާ އިން ފުރުސަތު ދޭނެ އުސޫލެއް އެ އޮފީހުން އަދި އިސްލާމިކް މިނިސްޓްރީން ވެސް އަދި އާއްމެއް ނުކުރެ އެވެ.
އެ ކޯޓާ ހަވާލުކުރަނީ މި އަހަރު ހައްޖަށް މީހުން ގެންދަން ޝަރުތު ހަމަވި ތިން ކުންފުންޏާ ކަމެއް އަދިި އެ ކުންފުނިތަކަށް ކޯޓާ ބަހާނެ އަދަދެއް ވެސް އަދިއެއް ނޭނގެ އެވެ.
ހައްޖު ކޯޕަރޭޝަނުން ރޭ ނެރުނު އިއުލާނެއްގައި ބުނީ ހައްޖަށް ދާން ބޭނުންވާ މީހުން މިރޭ 11:00 ގެ ކުރިން އެ ކޯޕަރޭޝަނަށް ގުޅައި ނަން ނޯޓު ކުރަން ޖެހޭނެ ކަމަށެވެ. ހައްޖު ކޯޕަރޭޝަނަށް މިހާރު ފައިސާ ދައްކައި ނިންމައި ކުރިއަށް އޮތް އަހަރުތަކަށް ޖާގަ ކަށަވަރުވެފައި މީހުންނާއި މިހާރު ފައިސާ ދައްކަމުންދާ މީހުންގެ އިތުރުން ވަގުތުން ފައިސާ ދައްކާ މީހުންނަށް ވެސް މި ކޯޓާ އިން ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އަލަށް ހަމަޖެހުނު 1،000 ކޯޓާ އިން ޖާގަ ލިބޭ މީހުން އަންނަ ހޮނިހިރު ދުވަހު ފުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ލަފާކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފަހުން ލިބުނު ކޯޓާއާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ ރައީސް އޮފީހުން ކަމަށެވެ. ރައީސް އޮފީހުގެ ތަރުޖަމާން ފޯނު ނުނަންގަވާތީ އެ އޮފީހުގެ ބަހެއް އަދިއެއް ނުލިބެ އެވެ.
ރާއްޖެ އަށް މި އަހަރު ފުރަތަމަ ހަމަޖައްސައިދިން 1،000 ކޯޓާގެ ތެރެއިން 700 ކޯޓާ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ބާކީ 300 ކޯޓާ ދިނީ ސިސިލްފަރާއި ޒައީމާ އާއި ހަރަމައިން ކުންފުންޏަށެވެ.
500 ހައްޖު ކޯޓާ އަށް ހަދާ ގޮތެއް އަދިވެސް ނޭނގެ!
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!
ހައްޖަށް ގެންދިއުމަށް އިތުރު ކޯޓާ އަދި ހަމައެއްނުޖެހޭ
މިދިއަ އަހަރުގެ 1000 ހައްޖު ކޯޓާ ޕީޕީއެމަށް ބަހާލި
ވަގުތު ނެތިގެން 500 ހައްޖު ކޯޓާ ބާކީވެއްޖެ!
ހައްޖަށް ދާ ބައެއް މީހުން ވިސާ ދައްކަން ޖެހޭނެ