ސައޫދީ އަރަބިއާ އިން ވިސާ ފީ އަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާފައިވާތީ، ރާއްޖެ އިން ވެސް މި އަހަރު އަލަށް ދާ މީހުން ފިޔަވައި އެންމެންގެ އަތުން ވިސާ ފީގެ ގޮތުގައި 8،000ރ. ނަގާނެ އެވެ.
30 ޖުލައި 2017
ސައޫދީ އަރަބިއާ އިން ވިސާ ފީ އަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާފައިވާތީ، ރާއްޖެ އިން ވެސް މި އަހަރު އަލަށް ދާ މީހުން ފިޔަވައި އެންމެންގެ އަތުން ވިސާ ފީގެ ގޮތުގައި 8،000ރ. ނަގާނެ އެވެ.
ސައުދީ ސަރުކާރުން މިދިޔަ އަހަރު ނިންމި ނިންމުމުގައި އޮތީ، މިހާރު ވެސް އޮންނަ އުސޫލުން، ހައްޖާއި އުމްރާ އަށް އަލަށް އެތެރެވާ މީހުންގެ ވިސާ ފީ ހިލޭކޮށްފަ އެވެ. އެކަމަކު، ދެ ވަނަ ފަހަރަށް ނުވަތަ އެއަށް ވުރެ ގިނައިން ހައްޖަށް ނުވަތަ އުމުރާ އަށް ދާ މީހުންގެ އަތުން ފީގެ ގޮތުގައި 2،000 ރިޔާލް (ގާތްގަނޑަކަށް 8217ރ.) ނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މި ނިންމުން ތަންފީޒު ކުރަން ފަށާފައިވާތީ ރާއްޖޭގެ ކުންފުނިތަކާއި ހައްޖު ކޯޕަރޭޝަނުން އަލަށް ހައްޖަށް ދާ އެންމެން ފިޔަވައި ވިސާ ފީ ދައްކަން ޖެހެ އެވެ.
ހައްޖު ކޯޕަރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ އެ ކޯޕަރޭޝަނުން ހައްޖަށް ދާ މީހުންގެ ތެރެއިން ވިސާ ފީ ދައްކަން ޖެހޭ މީހުން އެނގޭނީ، ހައްޖަށް ދާ އެންމެންގެ މައުލޫމާތު ސައޫދީގެ ހައްޖު ސިސްޓަމްގައި ރަޖިސްޓްރީކުރުމުންނެވެ.
"އެ ހިސާބުން އަޅުގަނޑުމެން އަންގާނަން ވިސާ ފީ ދައްކަން ޖެހޭ މީހުން،" އޮފިޝަލް ވިދާޅުވި އެވެ.
ސައޫދީ ސަރުކާރުން ރަސްމީކޮށް ރާއްޖެ އަށް ދެނީ އަހަރަކަށް 1،000 މީހުންގެ ކޯޓާ އެވެ. އެކަމަކު ސައުދީ ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުން ދެއްވާ އިތުރު 1،000 ކޯޓާ އާ އެކު އަހަރަކު ޖުމްލަ 2،000 ކޯޓާ ރާއްޖެ އަށް ދެމުން އަންނަތާ ހަތަރު އަހަރު ވެއްޖެ އެވެ.
މި އަހަރު އިތުރު 1،000 ޖާގަ ނުދޭ ގޮތަށް ސައޫދީ ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!
ހައްޖަށް ގެންދިއުމަށް އިތުރު ކޯޓާ އަދި ހަމައެއްނުޖެހޭ
500 ހައްޖު ކޯޓާ ކޯޕަރޭޝަަނަށް، ބާކީ ރައީސް އޮފީހަށް
މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދެނީ
ބަލި މީހުންނަށް ހާއްސަ ހައްޖުގެ ޖާގަތަކަށް ހުޅުވާލައިފި