Roadha Mihaaru

ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

މި އަހަރުގެ ހައްޖު އަޅުކަން އަދާކުރަން މައްކާ ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.

ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

13 ޖޫން 2024

މި އަހަރުގެ ހައްޖު އަޅުކަން އަދާކުރަން މައްކާ ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވީ ރ. ހުޅުދުއްފާރު، ފާތިމަތު ހަފީޒާ، 80 އެވެ.

އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މެންދުރު ނަމާދަށް ފަހު މަސްޖިދުއްހަރަމްގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހަފީޒާ ހައްޖުގެ އަޅުކަން އަދާކުރަން ދިޔައީ އެއްބަނޑު މީހަކާއި ކުއްޖަކާ އެކު އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ދިވެއްސަކަށް ހާޓްއެޓޭކެއް ޖެހިގެން ވެސް އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.

މި އަހަރު ރާއްޖެ އަށް ވަނީ 1،150 ހައްޖު ކޯޓާ ލިބިފަ އެވެ. އެ އެންމެން ވެސް މިހާރު ތިބީ ސައުދީގަ އެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.