މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައޫދީ އަރަބިއްޔާ އިން ދިން 1،000 ކޯޓާގެ ތެރެއިން މިހާތަނަށް ގޮތެއް ކަނޑަނާޅާ 130 ކޯޓާގެ އިތުރު ޖާގަތައް ހައްޖު ކޯޕަރޭޝަނަށް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
29 މެއި 2023
މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައޫދީ އަރަބިއްޔާ އިން ދިން 1،000 ކޯޓާގެ ތެރެއިން މިހާތަނަށް ގޮތެއް ކަނޑަނާޅާ 130 ކޯޓާގެ އިތުރު ޖާގަތައް ހައްޖު ކޯޕަރޭޝަނަށް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސައުދީ ސަރުކާރުން ރާއްޖެ އަށް މި ފަހަރު ދިން 1،000 ކޯޓާގެ ތެރެއިން 870 ކޯޓާ، ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގުރޫޕްގެ މެދުގައި އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބަހާލައިފަ އެވެ.
އޭރު އެ ކޯޕަރޭޝަނަށް ދިނީ 600 ޖާގަ އެވެ. މި މި އަހަރު އަގުހެޔޮކޮށް ހައްޖަށް މީހުން ގެންދަން ސަރުކާރުން ހުއްދަ ދިން ތިން ކުންފުންޏަށް 270 ޖާގަ ބަހާލި އެވެ. އެއީ ކޮންމެ ކުންފުންޏަކަށް 90 ޖާގަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަ ފޯ ކޮމިއުނިކޭޝަން، މުރުޝިދު އަބްދުލްހަކީމް މިއަދު ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ފޮނުވުމަށް އެ ކުންފުންޏަށް އިތުރު ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ކޮންމެ އަހަރަކު ވެސް އަމަލު ކުރަމުން އަންނަ އުސޫލެވެ.
"ސަރުކާރުން ހަމަޖައްސާ ފުރުސަތުތަކުގައި ހައްޖަށް ފޮނުވާ މީހުން ވެސް ދާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި. އެ ގޮތަށް ވެސް އެ ކުންފުންޏަށް އިތުރު ކޯޓާތައް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ކުންފުންޏަށް ދެނީ ކިހާ ޖާގައެއް ކަމެއް މުރުޝިދު ވިދާޅެއް ނުވެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުވައި މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކު ހައްޖުގެ އަޅުކަމުގައި ---- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހެޔޮ އަގުގައި ހައްޖަށް ގެންދިއުމަށް ބީލަން ހުށަހަޅައިގެން ސަރުކާރުން ހުއްދަ ދިން ތިން ކުންފުންޏަކީ އަލް މަނާސިކް އާއި ސިސިލްފަރު އަދި އަލް ހަރަމައިން އެވެ.
- އަލް ހަރަމައިން 75،250ރ
- ސިސިލްފަރު 75،465ރ.
- އަލްމަނާސިކް 75،000ރ.
އެކަމަކު އެ ތިން ގުރޫޕުން ވެސް އެއްބަސްވި އަގަށް ވުރެ ގިނައިން މީހުން އަތުން ފައިސާ ނަގަމުންދާ މައްސަލަ ވަނީ ފެންމަތި ވެފަ އެވެ. ކޮންމެ މީހެއްގެ ބޮލަކަށް 123،360ރ އެ ގުރޫޕްތަކުން ކިޔާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް އާންމުން ބުނެފައި ވެ އެވެ. ބައެއް މީހުންގެ އަތުން އެ އަށް ވުރެ ބޮޑު އަގެއް ވެސް ނަގާ ކަމަށް ވެ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުން ފުރަން ފަށާނީ އަންނަ މަހުގެ 12 ގަ އެވެ. އެންމެ ފުރަތަމަ ހައްޖަށް ފުރާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ ފުރަތަމަ ބެޗެވެ.
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ބަލި މީހުންނަށް ހާއްސަ ހައްޖުގެ ޖާގަތަކަށް ހުޅުވާލައިފި
ދިވެހި ހައްޖުވެރިން ފުރަންފަށާނީ އަންނަ މަހު 12 ގައި
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!
ދިވެހި ހައްޖާޖީން ފުރަން ފަށައިފި
ހައްޖަށް ގެންދިއުމަށް އިތުރު ކޯޓާ އަދި ހަމައެއްނުޖެހޭ
ދިވެހި ހައްޖުވެރިން ފުރަން ފަށައިފި
ހައްޖު ކޯޓާއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީ އަށް