ރާއްޖެ އަށް ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު ހަމަޖައްސައިދިން 1،000 ކޯޓާގެ ތެރެއިން ރައީސް އޮފީހުގެ ބެލުމުގެ ދަށުގައިވާ 500 ކޯޓާ ބަހާނެ އުސޫލެއް ސަރުކާރުން އަދިވެސް އާއްމެއް ނުކުރެ އެވެ.
22 އޯގަސްޓް 2017
ރާއްޖެ އަށް ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު ހަމަޖައްސައިދިން 1،000 ކޯޓާގެ ތެރެއިން ރައީސް އޮފީހުގެ ބެލުމުގެ ދަށުގައިވާ 500 ކޯޓާ ބަހާނެ އުސޫލެއް ސަރުކާރުން އަދިވެސް އާއްމެއް ނުކުރެ އެވެ.
ސައޫދީ ސަރުކާރުން ކުރިން ނިންމާފައި އޮތީ ރާއްޖެ އަށް މި އަހަރު 1،000 ކޯޓާ ދިނުމަށެވެ. އެ ކޯޓާ ހައްޖު ކޯޕަރޭޝަނާއި ތިން ކުންފުންޏަކަށް ބަހާލައި، މި އަހަރު ޖާގަ ލިބުނު އެންމެން މިހާރު ތިބީ މައްކާގަ އެވެ.
މީގެ ތިން ދުވަސްކުރިން ރާއްޖެ އަށް އިތުރކޮށްދިން 1،000 ކޯޓާގެ ތެރެއިން 500 ކޯޓާ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އަނެއް 500 ކޯޓާ އަށް ހަދާނެ ގޮތެއް އަދި ނޭނގެ އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ ބާކީ 500 ކޯޓާއާ ގުޅޭ މައުލޫމާތު އެނގޭނީ ރައީސް އޮފީހަށް ކަމަށެވެ. އެކަމަކު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް މިއަދު ވިދާޅުވީ ހައްޖު ކޯޓާއާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.
އެ މިނިސްޓްރީން މި މައްސަލާގައި މިހާތަނަށް ޖަވާބުދާރީނުވާތީ، އެ 500 ކޯޓާ ބަހާނީ ހައްޖަށް ގެންދަން ހަވާލުވި ކުންފުނިތަކުގެ މެދުގައި ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
ހައްޖު ކޯޕަރޭޝަނަށް ދިން 500 ކޯޓާ އިން ހައްޖަށް ގެންދަން ބޭނުންވާ މީހުން ނަން ނޯޓުކުރަން ހުޅުވާލި ފުރުސަތު ރޭގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ ނަމަވެސް ނަން ނޯޓުކުރި މީހުންގެ އަދަދެއް ވެސް ހާމައެއް ނުކުރެ އެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު އެންމެ ފަހުން ހައްޖަށް ދާ މީހުން ފުރާނެ ތާރީޚެއް ކަމަށް މިހާރު ލަފާކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހެވެ.
ރާއްޖެ އަށް މި އަހަރު ފުރަތަމަ ހަމަޖައްސައިދިން 1،000 ކޯޓާގެ ތެރެއިން 700 ކޯޓާ ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ބާކީ 300 ކޯޓާ ދިނީ ސިސިލްފަރާއި ޒައީމާ އާއި ހަރަމައިން ކުންފުންޏަށެވެ.
500 ހައްޖު ކޯޓާ ކޯޕަރޭޝަަނަށް، ބާކީ ރައީސް އޮފީހަށް
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ވަގުތު ނެތިގެން 500 ހައްޖު ކޯޓާ ބާކީވެއްޖެ!
މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!
އިތުރު 1،000 ހައްޖު ކޯޓާ މި އަހަރު ނުލިބޭނެ
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
އެނގި ތިބެ އުސޫލާ ހިލާފުވާން މަގުފަހި ކުރަނީ!