ޔުނެސްކޯ އިން ދިވެހި ދަރިވަރުންގެ މެދުގައި ހިންގި ޕައިލެޓް ޕްރޮޖެކްޓެއްގައި މާތްﷲ ވޮޑިގެންވޭތޯ ޝައްކު އުފައްދާފައިވާ މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
09 ސެޕްޓެމްބަރ 2021
ޔުނެސްކޯ އިން ދިވެހި ދަރިވަރުންގެ މެދުގައި ހިންގި ޕައިލެޓް ޕްރޮޖެކްޓެއްގައި މާތްﷲ ވޮޑިގެންވޭތޯ ޝައްކު އުފައްދާފައިވާ މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ ގްރޭޑް 7، 8 އަދި 9 ގެ ކުދިންނަށް ޔުނެސްކޯ އިން މިދިޔަ ހަފުތާގައި ހިންގި އެ ޕައިލެޓް ޕްރޮޖެކްޓުގައި ވަނީ މާތް ﷲ ވޮޑިގެންވޭތޯ ނުވަތަ ނުވޭތޯ އާއި ކަލަކު ވޮޑިގެންވާ ނަމަ ހަނގުރާމަތަކަށް ޖާގަ ލިބެނީ ކީއްވެތޯ އާއި އިންސާނުންނަށް އަޅައިނުލަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ.
ޔުނެސްކޯއިން ހިންގި ޕްރޮޖެކްޓްގެ މޮޑިއުލެއްގެ ބައިތަކެއް--- ފޮޓޯ: ރައްޔިތުންގެ އިއްތިހާދު
މި މައްސަލައިގައި ރައްޔިތުންގެ އިއްތިހާދު ޖަމިއްޔާ އިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ވަނީ ޔުނެސްކޯ އިން ގްލޯބަލް ސިޓިޒަންގެ ނަމުގައި ހިންގި ޕްރޮޖެކްޓެއްގައި ދީނީ އަގީދާ ހަލާކުކޮށް، އެތީސްޓް ވިސްނުން ފަތުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންވެ، ދިވެހިންގެ މުގައްރަރު "ލާދީނީ ކުރަން ހިންގާ ޣައިރު ގާނޫނީ" މަސައްކަތް މިހާރުން މިހާރަށް ހުއްޓާލައި ޔުނެސްކޯ އަށް ފިޔަވަޅު އެޅުމަށް އެ ސިޓީގައި ގޮވައިލި އެވެ.
ރައްޔިތުންގެ އިއްތިހާދު ޖަމިއްޔާ އިން ބުނީ، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނާއި ގަވާއިދު ހިމާޔަތް ކުރުމުގެ ގޮތުން، ވަކި ފަރުދަކު ނުވަތަ ޖަމިއްޔާ، ޖަމާއަތްތަކުން ނަމަވެސް ޣައިރު ގާނޫނީ އަމަލެއް ހިންގުމަކީ ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، ޔުނެސްކޯގެ މައްސަލަ ރަސްމީކޮށް ބަލައިދިނުމަށް ރައްޔިތުންގެ އިއްތިހާދުން ސީޕީގެ ކިބައިން އެދުނެވެ.
އޭގެ އިތުރުން،، އިސްލާމީ ތަރުބިއްޔަތު ކިޔަވައި ދިނުމަށް ބޭނުންކުރާ ފޮތުގައި ގުރުއާނުގެ އާޔަތުގެ ތަރުޖަމާ ބަދަލު ކޮށްފައިވުމާއި ގުރޭޑް 1 ގެ ދަރިވަރުންގެ ގުރުއާން ފޮތުގައި އާޔަތްތަށް ބަދަލުކޮށްފައި ހުރުމާއި އެ ނޫން ވެސް ހަތަރު ފޮތެއްގައި ގުރުއާނުގެ އާޔްތައް ބަދަލުކޮށްފައި ހުރި މައްސަލަތައް ބަލައި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް އެ ޖަމިއްޔާއިން އެދިފައި ވެ އެވެ.
އެ ޖަމިއްޔާ އިން ވަނީ އެ ސިޓީގެ ކޮޕީއެއް އިސްލާމިކް މިނިސްޓީއަށާއި ރައީސް އޮފީހަށް ވެސް ފޮނުވައިފަ އެވެ.
ބައެއް ގުރޭޑްތަކުގެ ކުދިންގެ އިސްލާމް ފޮތްތަކާއި ގުރުއާން ފޮތްތަކުގައި ކުށް ހުރި މައްސަލަ މިދިޔަ ހަފުތާގައި ފެންމަތިވެފައިވާއިރު، އެ މައްސަލަތައް ދިމާވާން މެދުވެރިވި ސަބަބު ހަފުތާއެއްގެ ތެރޭގައި ދެނެގަނެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
ޝަރީއަތް ނޭނގޭމީހުންނާ ހެދި އަންހެނުންނަށް އަނިޔާ ލިބޭ
ނަޝީދާ ބެހޭ ގޮތުން ދޮގުވާހަކަ ދެއްކި މީހަކަށް ދައުވާ
މަޑުއްވަރީން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް!
އެމްޑީއެން އޮތީ ސަރުކާރު ތެރެއަށް މޫލާފައި: އިދިކޮޅު
ހޯދަން އިއުލާންކުރި އަޒްރާއާ ގުޅިއްޖެ: ފުލުހުން
އެމްޑީއެންގެ ރިޕޯޓު ލިޔުނު އެކަކު ހޯދަން އިއުލާންކޮށްފި
އެމްޑީއެން އުވާލަން ޖެހޭ: އިލްމުވެރިން
ރިޕޯޓާ ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރާނަން: ފުލުހުން
ދީނީ އެއްބައިވަންތަކަން ދަމަހައްޓަން އެއްބާރުލުން ބޭނުން