27 ނޮވެމްބަރ 2020
އިސްލާމީ ޝަރީއަތުގެ ހަގީގަތާއި އޭގެ އުސޫލުތައް ނޭނގޭ މީހުންނާ ހެދި އަންހެނުންނަށް ވޭނާއި ކެކުޅުންތައް ކުރިމަތިވާކަން ފާހަގަކޮށް، މުޖުތަމައުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މިއަދުގެ ހުކުރު ޚުތުބާ ހާއްސަކޮށްފި އެވެ.
އިސްލާމީ ޝަރީއަތުގެ ހަގީގަތާއި އޭގެ އުސޫލުތައް ނޭނގޭ މީހުންނާ ހެދި އަންހެނުންނަށް ވޭނާއި ކެކުޅުންތައް ކުރިމަތިވާކަން ފާހަގަކޮށް، މުޖުތަމައުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މިއަދުގެ ހުކުރު ޚުތުބާ ހާއްސަކޮށްފި އެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ހަފުތާގައި އަދި ރާއްޖޭގައި މަޔަކާއި އޭނާގެ ތިން ދަރިން ގެއެއްގައި ބަންދުކޮށް، ރުގުޔާކުރުމުގެ ނަމުގައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލަ ހާމަވެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި ވަގުތު ދިން ޚުތުބާގައި އަނބިދަރިންނަށް ހެޔޮކޮށް ހިތުމަށް އިސްލާމްދީނުގައި ބާރު އަޅާފައިވާ މިންވަރު، ގުރުއާނާއި ހަދީސުން ވާރިދުވެފައިވާ ދަލީލުތަކާ އެކު ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދިނެވެ.
ޚުތުބާގައި ބުނީ އަންހެނުންނަށް މިހާރު އަނިޔާ ލިބެނީ އިސްލާމްދީން އައުމުގެ ކުރީގައި ޖާހިލިއްޔަ ޒަމާނުގައި ވެސް އަނިޔާ ލިބުނު ފަދަ ގޮތަށް ކަމަށެވެ. އެގޮތުން، އަންހެނުން ބޮޑެތި ތުރާތައް ތަހައްމަލުކުރަން ޖެހިފައިވާ ކަމަށް ބުންޏެވެ.
"...މީހަކާ އިނުމުގެ ކުރިންނާއި މީހަކާ އިނުމަށް ފަހުގައި ވެސް އިސްލާމީ ޝަރީއަތުގެ ހަގީގަަތާއި އޭގެ ހަރުދަނާ އުސޫލުތައް ނުދަންނަ މީހުންގެ ސަބަބުން އެކަނބަލުންނަށް ކުރިމަތިވަ ވޭންތަކާއި ކެކުޅުންތައް ގިނަގުނަ އެވެ،" ހުތުބާއި ބުންޏެވެ.
މީހުން ދިރިއުޅޭ މާހައުލުން އަނިޔާއާ ކުރިމަތިވާ މައިގަނޑު އެއް ސަބަކީ ހުތުބާގައި ބުނި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމެވެ. މަސްތުވާތަކެއްޗަކީ ހުރިހާ ނުބައިކަމެއްގެ އަސްލުކަން، މަސްތުވާތަކެތީގެ ސަބަބުން ރުޅިވެރިކަމާއި ދެކޮޅުވެރިކަަން އުފެދޭކަން ބަޔާންކުރައްވާފައިވާ އާޔަތާ އެކު ޚުތުބާގައި ހަނދާންކޮށްދިނެވެ.
އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ގޮވާލަމުން، އެކަމުގައި ކީރިތި ރަސޫލާ ﷺ އަމަލުކުރައްވާފައިވާ ގޮތްތަކާއި އަންހެނުންނަށް ހެޔޮކޮށްް ހިތުމާ މެދު ކުރައްފާއިވާ ހަދީސްތައް ހަނދާންކޮށްދިނެވެ.
"...މުއުމިނުން ކުރެ އީމާންކަމުގައި އެންމެ ފުރިހަމަ މީހަކީ އެބައިމީހުންގެ ތެރެއިން އެންމެ ހުލްގު ހެޔޮ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ހުލްގު ހެޔޮ މީހަކީ އޭނާގެ އަނބިމީހާއަށް އެންމެ ހެޔޮ މީހާ އެވެ،" ހުތުބާއި ހިމެނި ހަދީސެއްގެ މާނައިގައިވެ އެވެ.
އަންހެނުންނަށް ހެޔޮކޮން ހިތުމަށް ނަސޭހަތްތެރިވެ، އަނިޔާކުރުމުގެ ނުބައިކަން ބުނެދޭ ޚުތުބާއެއް ދީފައި މި ވަނީ ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ ވަރަށް ބޮޑު މައްސަލައެއް ފެންމަތިވެފައިވާ ވަގުތެއްގަ އެވެ. ރުގުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ކުދިންނަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. ރުގުޔާ އަކީ ގުރުއާނުން ޝިފާ ހޯދުމުގެ ވަސީލަތެއް ކަމަށް ވިޔަސް، ރުގުޔާ ކުރުމުގެ ނަމުގައި ސިހުރުގެ ނުބައި އަމަލު ހިންގާ މީހުން ގިނަވެފައިވާ ވާތީ ދީނީ އިލްމުވެރިން ވެސް ގެންދަވަނީ އެކަމާ މެދު ސަމާލުވުމަށް އިލްތިމާސްކުރައްވަމުންނެވެ.
"ޚުތުބާ ސިޔާސީވެ ދީން ހަތިޔާރަކަށް ހަދާތީ ކަންބޮޑުވޭ"
މިއަދުގެ ހުތުބާ ކިޔަން މާމެންދޫ އިމާމު ދެކޮޅު ހަދައިފި
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
މާތް ﷲ ވޮޑިގެންވޭތޯ ސުވާލު އުފެއްދި މައްސަލައެއް
ދީނަށް ފުރައްސާރަކުރުން ހުއްޓުވާނަން: މިނިސްޓްރީ
ދީނީ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
ޚުތުބާ އިސްލާމީ ޝަރީއަތާ ހިލާފެއް ނުވާނެ: ޒިޔާދު
އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން: ޑރ. އިޔާޒް
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
ތާރީހީ ދުވަހެއް، އަންހެންބޭފުޅެއްގެ ފުރަތަމަ ހުތުބާ!