16 ފެބުރުއަރީ 2018
އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން ކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް މިއަދުގެ ހުކުރު ޚުތުބާ އަށް ރައްދު ދެއްވައިފި އެވެ.
އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން ކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް މިއަދުގެ ހުކުރު ޚުތުބާ އަށް ރައްދު ދެއްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް ފޮނުވާފައިވާ މިއަދު ޚުތުބާގެ މައުޟޫއަކީ "ޙާކިމާ [ވެރިމީހާ] އަކީ ނިއުމަތެއް" މި އެވެ. ޚުތުބާ ލިޔެފައި ވަނީ ވެރިމީހާ އަށް ކިޔަވަންވުމުގެ މައްޗަށެވެ. ވެރިމީހާ އަށް އެއްޗެހި ކިޔުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށާއި އެ މީހުންގެ މައްޗަށް ބަދު ދުއާ ކުރުމަކީ ދީން މަނާ ކުރާ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައި ވެ އެވެ.
ޚުތުބާ އަށް ރައްދު ދެއްވައި ޑރ. އިޔާޒް ފޭސްބުކްގައި ލިޔުއްވާފައި ވަނީ އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން ކަމަށެވެ. އަނިޔާވެރިންގެ ކިބައިން ސަލާމަތް ވުމަށް އެދި ގިނަގިނައިން ދުއާ ކުރަން ޖެހޭ ކަމަށް އިޔާޒް ވިދާޅުވި އެވެ.
"އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ހާކިމެއްގެ ކުރިމަތީގައި ހައްގު ބަސް ބުނުން ކަމަށް ހަދީސްގައި އޮވޭ، ހަމައެއާއެކު އަނިޔާވެރިކަމުން ސަލާމަތް ކޮށް ދެއްވުން އެދި ގިނަ ގިނައިން ދުއާ ކުރަން ޖެހޭ،" އިޔާޒު ލިޔުއްވާފައިވެ އެވެ.
އިޔާޒުގެ އިތުރުން ދީނީ އެހެން އިލްމުވެރިން ވެސް ވަނީ ޚުތުބާ ސިޔާސީ ނުކުރުމަށް ގޮވާލައި އިސްލާމިކް މިނިސްޓްރީ އަށް ފާޑު ވިދާޅުވެފަ އެވެ.
ވެރިމީހާއަށް ކިޔަމަން ވާން ޖެހޭނެ ކަމަށް ބުނެ އެ މިނިސްޓްރީން މިއަދު ކިޔުމަށް ހަމަޖެއްސި ޙުތުބާ އިން ބައެއް ވަނީ ފަހު ވަގުތު އުނިކޮށްފަ އެވެ. އުނިކޮށްފައިވާ ބައިގައި ހިމެނެނީ ވެރިމީހާއާ ދެކޮޅަށް ބަހެއް ނުބުނެވޭނެ ކަމަށް ބުނެ ލިޔެފައިވާ ރަސޫލާގެ ހަދީސް ތަކެކެވެ.
ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ދީނީ ނަސޭހަތްތަކާއި ހުކުރު ޚުތުބާ ސިޔާސީވެ، ވެރިންނާ މެދު އިސްލާމްދީނުގައި އަންގަވާފައިވާ ގޮތާ ޚިލާފް ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ޚުތުބާ ސިޔާސީވެ ދީން ހަތިޔާރަކަށް ހަދާތީ ކަންބޮޑުވޭ"
މިއަދުގެ ހުތުބާ ކިޔަން މާމެންދޫ އިމާމު ދެކޮޅު ހަދައިފި
ތާރީހީ ދުވަހެއް، އަންހެންބޭފުޅެއްގެ ފުރަތަމަ ހުތުބާ!
ޝަރީއަތް ނޭނގޭމީހުންނާ ހެދި އަންހެނުންނަށް އަނިޔާ ލިބޭ
ޚުތުބާ އިސްލާމީ ޝަރީއަތާ ހިލާފެއް ނުވާނެ: ޒިޔާދު
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
ހުތުބާ ތަރުޖަމާކޮށް ސަބްޓައިޓަލް އަރުވަން ފަށައިފި
ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލީސް
ޝަހީމްގެ ސިޔާސަތަކީ ސުލްހަވެރިކަމާ އެކު ބުނެދިނުން
ހުތުބާގެ ވާހަކަތައް މިނިސްޓަރު ދިފާއު ކުރައްވައިފި