މިއަދުގެ ހުކުރު ޚުތުބާ އިސްލާމީ ޝަރީއަތާ ޚިލާފު ނުވާނެ ކަމަށާއި އޭގައި ބަޔާން ކޮށްފައި ވާނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ދީނީ އިލްމުވެރިންނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
16 ފެބުރުއަރީ 2018
މިއަދުގެ ހުކުރު ޚުތުބާ އިސްލާމީ ޝަރީއަތާ ޚިލާފު ނުވާނެ ކަމަށާއި އޭގައި ބަޔާން ކޮށްފައި ވާނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ދީނީ އިލްމުވެރިންނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން މިސްކިތްތަކުގެ އިމާމުންނަށް ފޮނުވާފައިވާ ޚުތުބާގެ މައުޟޫއަކީ "ޙާކިމާ [ވެރިމީހާ] އަކީ ނިއުމަތެއް" މި އެވެ. ޚުތުބާ ލިޔެފައި ވަނީ ވެރިމީހާ އަށް ކިޔަވަންވުމުގެ މައްޗަށެވެ. އެހެންވެ، އެ ޚުތުބާއަށް ފާޑު ކިޔައި ގިނަ އިލްމުވެރިންތަކެއް ގެންދަވަނީ އެ ބޭފުޅުންގެ ރައުޔު ހާމަކުރައްވަމުންނެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޒިޔާދު ވިދާޅުވީ، ޚުތުބާތަކުން މީގެ ކުރިން އަބަދުވެސް އަޑު އިވެނީ މިސްކިތުގެ ކުޑަދޮރުން ކުޅު ޖަހާ ވާހަކަ އާއި ޚަތިމް ވަގަށް ގެންދާ ވާހަކަ އާއި ކުނާތައް ގެންދާ ވާހަކަ ކަމަށެވެ. އެކަމަކު، މިހާރު ޚުތުބާތައް ތަފާތުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަސްލު ޚުތުބާތަކުގެ މަގުސަދާ އެއްގޮތް ވާ ގޮތުގެ މަތިން ޚުތުބާތައް ދެވެން މި ފެށީ،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިއަދުގެ ޚުތުބާގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ވެސް ނޯންނާނެ އެވެ. އަދި ޚުތުބާގައި ވަނީ ހަދަހަދައިގެން ދައްކާފައި ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ޚުތުބާ އަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ލިޔެފައިވާ ޚުތުބާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވެރިންނަށް ކިޔަމަންވާން ޖެހޭ ސަބަބެއްގެ ގޮތުގައި ޒިޔާދު ވިދާޅުވީ ދިވެހިންނަކީ މުސްލިމުންނަށް ވެފައި، އިސްލާމީ އުސޫލުތަކާއި ހަމަތައް އޮންނަ ކަން ދިވެހިންނަށް އެނގެން ޖެހޭތީ ކަމަށެވެ.
ދީނުގައި އެނގެން ޖެހޭނީ ހަމައެކަނި "ހައިޟު، ނިފާސް" އާއި ދެ އަންބަށް ކައިވެނި ކުރުމެއް ނޫނެވެ. އަދި ގިނަ އިލްމުވެރިން ދަންނަ ވާހަކަ އަކީ މިއީ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
ވެރިންނަށް ކިޔަމަންވާން ޖެހޭ ސަބަބު ހާމަކުރީ، އެއްވެސް ހަމައެއް ނެތި، ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލުމަށް ކުރަމުންދާ މަސައްކަތަށް ހޭލުންތެރި ކުރުވަން ވެގެން ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. އަދި ޚުތުބާ އެކުލަވާލަނީ ފުންނާބު އުސް ފަސް އިލްމުވެރިންގެ ކޮމެޓީއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ "ދެތިން އިލްމުވެރިން" ޚިޔާލު ތަފާތުވުން އުޅެނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ޖަލަށް ލުމާ ގުޅިގެން ކަމަށެވެ. އަދި އިމްރާން ޖަލަށްލާފައި ވަނީ "ކުށެއް ނުކޮށް، ގޭގައި ހުރެގެން ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޚުތުބާ ސިޔާސީވެ ދީން ހަތިޔާރަކަށް ހަދާތީ ކަންބޮޑުވޭ"
ސަރުކާރުން އުޅެނީ ލާދީނީ ކަންކަން ފަތުރަން: މުއިއްޒު
އެމްޑީއެން އޮތީ ސަރުކާރު ތެރެއަށް މޫލާފައި: އިދިކޮޅު
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ
އެމްޑީއެން އުވާލުމުގެ ނިޔަތެއް ނުގެންގުޅޭ: ޝިޔާމް
އިމާމުންނާ ހެދި، މިސްކިތަށް ދާ މީހުންގެ އަދަދު މަދުވޭ
"ދީން ގަބޫލުނުކުރާ މީހުންނަށް އެއްޗެއް ދޭން ނުޖެހޭ"
މިއަދުގެ ހުތުބާ ކިޔަން މާމެންދޫ އިމާމު ދެކޮޅު ހަދައިފި