މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ފަހު، ސަރުކާރުން މިހާރު އުޅެނީ ލާދީނީ ކަންކަން ފަތުރަން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
24 ޑިސެމްބަރ 2019
މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ފަހު، ސަރުކާރުން މިހާރު އުޅެނީ ލާދީނީ ކަންކަން ފަތުރަން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޔާމީން ނުހައްގުން ޖަލަށްލުމުގައި އެންމެ ބޮޑު އެއް ސަބަބަކީ އިސްލާމްދީނާ މެދުގައި ސަރުކާރުގައި ތިބި މީހުން ގެންގުޅޭ އެޖެންޑާ ކުރިއަށް ގެންދަން މަގުފަހި ކުރުން ކަމަށެވެ. ޔާމީން އެކަހެރިކޮށްގެން ނޫނީ އެމީހުންގެ ލާދީނީ އެޖެންޑާ ކުރިއަށް ނުގެންދެވޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިއަދު ފެންނަނީ އެ މަންޒަރު. ބޭރުގެ ފަރާތްތަކެއްގެ ރޭވުންތެރިކަމާ އެކީގައި މިތަނުގައި ހިންގާ ކަންކަމަކީ ނޭނގި ހިނގާ، ނޫނީ އަޅުގަނޑުމެން އަޅާނުލައި ތިބެގެން ވާނެ ކަންކަމެއް ނޫން،" ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން އިސްލާމްދީނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ތަން ދަނީ ފެންނަމުންނެވެ. އިލްމުވެރިންގެ އަގު ރާއްޖޭގައި ވެއްޓިގެން ގޮސް، އެމީހުންގެ މެދުގައި ބައިބައިވުން އުފައްދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާ އަކީ އިލްމުވެރިންގެ މެދުގައި ނަފްރަތު އުފެދެން ފަށާފައި ވުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މިއީ މި ގައުމުގައި މި ދަންނަވާ ލާދީނީ އެޖެންޑާ ފަތުރަން މި ބައިމީހުން ރާވާ ރޭވުންތަކުގެ ތެރެއިން ހިނގާ ކަންތައްތަކެއް. އިލްމުވެރިންގެ އަގު ވެއްޓި، އެ ބައިމީހުންގެ އަޑު ނާހާ ހިސާބަށް، އެ ބައިމީހުންގެ އިތުބާރު މި ގައުމުގައި ގެއްލިގެންދާ ހިސާބަށް ދިއުމުން މިތަނުގައި އިސްލާމް ދީން ނޫން ދީންތައް ފަތުރަން ފުރުސަތު ލިބިގެން ދަނީ،" މުއިއްޒު ވިދާޅުވި އެވެ.
މިދިޔަ ދެ ތިން ދުވަހު ފެނިގެން ދިޔައީ މުއިއްޒު ސިފަ ކުރެއްވި ގޮތުގައި ދީނީ އިލްމުވެރިންނާ ޖައްސަން މަސައްކަތް ކުރި ތަނެވެ. މިއީ އެހެން ދީންތައް ރާއްޖެ އަށް ގެނައުމަށް ކުރަމުންދާ ކަމެއް ކަމަށާއި މިކަންކަމާ ދެކޮޅަށް ދިވެހި ހުރިހާ ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިކަންކަން ހުއްޓުވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޔާމީންގެ ފިކުރުގެ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވައިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ފިކުރަކީ އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ރާއްޖެ އިން ފުރުސަތު ނުދޭނެ ފިކުރެވެ.
"މި ސަރުކާރުން ހިންގާ ލާދީނީ އެޖެންޑާ އަށް ނޫނެކޭ ބުނާނެ ކެންޑިޑޭޓުން އަޅުގަނޑުމެންގެ ފަރާތުން ނުކުންނަނީ. އެހެންވީމާ މި ކެންޑިޑޭޓުންނަށް އާނއެކޭ ބުނުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ،" ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމެވި މުއިއްޒު ވިދާޅުވި އެވެ.
އެމްޑީއެން އޮތީ ސަރުކާރު ތެރެއަށް މޫލާފައި: އިދިކޮޅު
ޚުތުބާ އިސްލާމީ ޝަރީއަތާ ހިލާފެއް ނުވާނެ: ޒިޔާދު
"ދީނާ ގުޅޭ ވާހަކައެއް މަޖިލީހުގައި މިހާރަކު ނުދެއްކޭ"
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ
އެމްޑީއެން އުވާލުމުގެ ނިޔަތެއް ނުގެންގުޅޭ: ޝިޔާމް
"ދީން ގަބޫލުނުކުރާ މީހުންނަށް އެއްޗެއް ދޭން ނުޖެހޭ"
"ޚުތުބާ ސިޔާސީވެ ދީން ހަތިޔާރަކަށް ހަދާތީ ކަންބޮޑުވޭ"
ދީނާ ހިލާފު ކަމެއް ކުރާނަމަ ފިޔަވަޅު އަޅާނަން:މިއުވާން
އީސާގެފާނުގެ ވާހަކަ އަށް ޔާމީން މާފަށް އެދުނު
ބުއްދިވެރިއަކު އެއްވެސް ދީނަކާ ނުބެހޭނެ: ޔާމީން