އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިލުމުގެ ނިޔަތެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
09 އޮކްޓޯބަރ 2019
އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިލުމުގެ ނިޔަތެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
އޭނާ މިހެން ވިދާޅުވީ، އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހިންގުމުގެ އެޖެންޑާއެއް އެމްޑީއެން އިން ގެންގުޅޭ ކަމުގެ ތުހުމަތާ އެކު، އެ ޖަމިއްޔާ އުވައިލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މަޖިލީހުގެ މެމްބަރުންގެ ވޯޓުން ބޭރުކުރުމާ ގުޅިގެންނެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި 65 މެމްބަރުންނާ އެކު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލަ ބޭރުކޮށްލީ ސަރުކާރުން އަންގައިގެންނެވެ. އެކަމުގައި އިސްކޮށް އުޅުއްވީ، މަޖިލީހުގައި ތިއްބެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެމްބަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުޅި ގައުމު ގޮވާލަމުން މިދަނީ ދީނަށް ފުރައްސާރަކުރަމުންދާ އެމްޑީއެން އުވާލަން. އެކަމަކު ސަރުކާރުގެ ޕްރެޝަރާ ހެދި މަޖިލީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވީ،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބު ވެސް ވަރަށް ސާފެވެ. އެއީ، ސަރުކާރުގެ އިސް މަގާމުތަކުގައި އެމްޑީއެންގައި މަސައްކަތް ކުރެއްވި ބޭފުޅުން ތިއްބެވުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
Majubooruvegen RIMS ilmuverinna bahdhalkuravva MDN uvalaane kamah vidhaalhuviyas adhi nufudhey. QA in RJ ah mathikura masuooliyyath adhakurevun kamah vaanee efaraithaka medhu fiyavalhu elhigen. Ekamah govala alhugandu miadhu husha elhi KulliMassala sarukaaru memberun beyrukolli. pic.twitter.com/MBjxrwUj40
— Ahmed Shiyam (@Shiyamaldives) October 9, 2019
ޝިޔާމްގެ ޓުވީޓް.
އޭނާ ވިދާޅުވީ، މައުނަވީ ގޮތަކަށް އެމްޑީއެން އުވައިލި ނަމަވެސް އެ ރިޕޯޓް ނެރުނު އިރު އެ ޖަމިއްޔާގައި ތިއްބެވި ބޭފުޅުން ސަރުކާރުގައި ހިމެނުމަކީ އެ ފިކުރު ދެމިގެންދާނެ ކަމެއް ކަމަށެވެ. އެކަމުގައި އިޚްލާސްތެރި ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވިޔަސް އެކަން އެގޮތަށް ކޮށްފާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ވިދާޅުވި އެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.
އެމްޑީއެންގެ ރިޕޯޓް ބަލައިނުގަންނަ ކަމަށާއި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، އެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކުރި ކަމެއް އަދި ނޭނގެ އެވެ. މި މައްސަލައިގައި ފިޔަވަޅު އެޅުން ލަސް ކަމަށް ބުނެ ދީނީ އިލްމުވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްލާމިކް މިނިސްޓްރީން ހުށަހަޅައިގެން ފުލުހުން އަންނަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެމްޑީއެން އޮތީ ސަރުކާރު ތެރެއަށް މޫލާފައި: އިދިކޮޅު
"އެމްޑީއެންއާ ދެކޮޅު މަސައްކަތަށް ހުއްޓުމެއް ނެތް"
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ
ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!
ބުއްދިވެރިއަކު އެއްވެސް ދީނަކާ ނުބެހޭނެ: ޔާމީން
އިދިކޮޅުން އުޅުނީ ދީނުގެނަމުގައި ސިޔާސީ ޑްރާމާ ކުޅެން
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން މެމްބަރުން ދެކޮޅު
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ފަސޭހައިން ވިސާ ދެނީ ނުބައި ނިޔަތެއްގައި: ޝިޔާމް