05 އޮކްޓޯބަރ 2019
ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ރާއްޖޭގެ ހުރިހާ ޖަމިއްޔާތަކުން އެއްބާރުލުން ދިނުމަށް ޔޫތު މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ރާއްޖޭގެ ހުރިހާ ޖަމިއްޔާތަކުން އެއްބާރުލުން ދިނުމަށް ޔޫތު މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައިގައި ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 2016 ގައި ނެރުނު އެ ރިޕޯޓާ ގުޅިގެން އޭރުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
އެކަން މިއަދުގެ ސަރުކާރުގެ ސަމާލު ކަމަށް އައުމާ ގުޅިގެން ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށްދޭން މިދިޔަ ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހެޅި ކަމަށް ބަޔާނުގައިވެ އެވެ. އެ މައްސަލަ ބަލަމުން ގެންދާ ކަން ފުލުހުން އަންގާފައިވާ ކަމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ކްލަބު، ޖަމިއްޔާ އަދި ޖަމާއަތްތަކުން ވެސް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ވެސް ޔޫތު މިނިސްޓްރީގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.
"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެ އެވެ.
ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަ ކުރި އެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަކައެއް ކަމަށް ބުނުމެވެ.
އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން އެ ޖަމިއްޔާ އިން ވަނީ މާފަށް އެދި އެ ރިޕޯޓް އިއްޔެ އަނބުރާ ގެންގޮސްފަ އެވެ.
ރިޕޯޓާ ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރާނަން: ފުލުހުން
ދީނަށް ފުރައްސާރަ ކުރުމާ ގިނަ ބަޔަކު ފާޅުގައި ދެކޮޅު!
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަަ ބަލައިދޭން އެދިއްޖެ
އެމްޑީއެން އިން ދީނަށް ފުރައްސާރަކޮށްފައިވޭ: ޕޮލިސް
އަނިޔާވެރިކަމަށް ގޮވާލާ ނަމަ ފިޔަވަޅުއަޅާނެ: އިމްރާން
އެމްޑީއެން އުވާލަން ނިންމުމާއެކު ރައީސަށް ތައުރީފް
އެންމެފަހުން އެމްޑީއެން އުވާލަން ނިންމައިފި
އެމްޑީއެންއަށް ފިޔަވަޅުއަޅަން 100 ކައުންސިލުން އެދެފި
ޝަހިންދާ އާއި އަޒްރާ ތަހުގީގަށް ހާޒިރުވާން ދެ ހަފުތާ!
އެމްޑީއެން އޮތީ ސަރުކާރު ތެރެއަށް މޫލާފައި: އިދިކޮޅު