13 ނޮވެމްބަރ 2022
ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރު ފާޅު ނުކުރެވޭނެކަން ރާއްޖެ އަށް އަންނަ ބިދޭސީންނަށް އަންގައިދޭން އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފުތާގައި އެދިއްޖެ އެވެ.
ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރު ފާޅު ނުކުރެވޭނެކަން ރާއްޖެ އަށް އަންނަ ބިދޭސީންނަށް އަންގައިދޭން އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފުތާގައި އެދިއްޖެ އެވެ.
އެ މިނިސްޓްރީން ލޯކަލް ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި އެހެން އެދުނީ އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، ހިންދޫ ދީނުގެ އަޅުކަމަކުން އިންޑިއާގެ ކުންފުނިން މި މަހުގެ 1 ގައި ފެށި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެހެންވެ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ވެސް ހުށަހަޅުއްވައިފަ އެވެ.
އިންޑިއާގެ އެފްކޮން ކުންފުނީގެ މުވައްޒަފުން ހިންދޫ ދީނުގެ އަޅުކަން ކުރި މައްސަލައާ ވިއްދައިގެން އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް މިދިޔަ ބުދަ ދުވަހު ފޮނުވި ސާކިއުލާގައި އެދުނީ ރާއްޖެއިން ބޭރުން އަންނަ މީހުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވައިދަށް އަމަލުކުރޭތޯ ބެލުމަށް ކައުންސިލްތަކުން ހާއްސަ ސަމާލުކަމެއް ދީ، އެފަދަ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
ސާކިއުލާގައި ބުނީ ރާއްޖޭގައި ގިނަ ބިދޭސީން މަސައްކަތް ކުރަމުންދާއިރު ޓޫރިސްޓުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ބޭރުން އަންނަ ކަމަށެވެ. އެހެންވެ، އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ މީހުންނާއި ޓޫރިސްޓުން ގެންނަ މީހުން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަން ބިދޭސީންނަށް އިރުޝާދު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
"ރާއްޖެއިން ބޭރުން ރާއްޖެއަށް މީހުން ގެންނަ ފަރާތްތަކުން މި މައުލޫމާތު އެ ފަރާތްތަކަށް ސާފުކޮށްދީ، އިރުޝާދު ދިނުމަށް ދަންނަވަމެވެ. އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި މި ފަދަ މައްސަލަތަކުގައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ދަންނަވަމެވެ،" ސާކިއުލާގައި ވެ އެވެ.
މިނިސްޓްރީން ބުނީ ދިވެހީންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވައިދުގައި ސާފުވާނެ ގޮތަށް އެފަދަ ފަރާތްތަކަށް ރަނގަޅަށް އިރުޝާދު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އެ ގަވައިދުގައި ބުނާގޮތުން، ރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި އާއްމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެ ފަދަ ދީނީ ހަރަކާތްތައް ހިންގުމާއި އެ މީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ މަނާ ކަމެކެވެ.
"މަތީގައި ބަޔާންކުރެވިފައިވާ ގަވައިދަށް ބަލައި، ރާއްޖޭގެ އެއްވެސް އާއްމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ. އަދި ހަމަ އެއާއެކު، މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު ރާއްޖޭގައި ޓޫރިސްޓު ގެސްޓް ހައުސް ހިންގުމާ ބެހޭ ގަވައިދާ އެއްގޮތަށް އާއްމު އިޖުތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް އެ ފަރާތްތަކަށް އިރުޝާދު ދޭން ވާނެ އެވެ،" ސާކިއުލާގައި ބުންޏެވެ.
އިންޑިއާގެ ކުންފުނީގެ އަމަލުތައް އިސްލާމިކް މިނިސްޓަރު ވަނީ ކުށްވެރި ކުރައްވައިފަ އެވެ.
"ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވާއިރު ރާއްޖޭގެ ރަށެއްގައި އެހެން ދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެކެވެ،" އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ވެ އެވެ.
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
ހިންދޫ ދީން ފަތުރަން އައި މީހެއްގެ މައްސަލަ ބަލަނީ
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
ހިތަދޫގެ ވަރަށް ގިނަ ތަންތަނުގައި "އިންޑިއާ އައުޓް"
ދީނާ ހިލާފު ކަމެއް ކުރާނަމަ ފިޔަވަޅު އަޅާނަން:މިއުވާން
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
އެމްޑީޕީގެ ހަރުގޭގައި ތަޅުން އެޅި މައްސަލަ އޭސީސީ އަށް
ޔޯގާގެ މައްސަލަ މިހާ ގޯސްވާނެކަމަށް އަންދާޒާ ނުކުރެވުނު
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
ޑރ. އިޔާޒުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަނީ