31 އޮކްޓޯބަރ 2022
އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން، ހިތަދޫގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ތަޅުން އަޅައިދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބަލަން ފަށައިފި އެވެ.
އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން، ހިތަދޫގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ތަޅުން އަޅައިދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބަލަން ފަށައިފި އެވެ.
ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ "މިހާރު" އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ފަށައިގެން މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ ހިތަދޫ މީހެއް ކަމަށްވާ ހުސައިން ރަޝީދު އެވެ.
އެ މައްސަލައިގައި އޭނާ ބުނީ، އެމްޑީޕީ އަކީ ސަރުކާރު ހިންގާ މައި ޕާޓީ އަށް ވެފައި ރައްޔިތުންގެ ފައިސާ އިން ހިންގާ އެފަދަ ޕްރޮޖެކްޓެއްގެ ތެރެއިން ނާޖާއިޒު ފައިދާ އަށް މަގުފަހިވާ ގޮތަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ ކޮމިޝަނުން ތަހުގީގު ކޮށްދިނުމަށް އެދުނީ ކަމަށް އޭނާ ބުންޏެވެ.
އައްޑޫގެ މަގުތައް ހެދުމުގެ އިތުރުން، މި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލައި ތިލަމާލެ ބްރިޖު ޕްރޮޖެކްޓު ވެސް ހަވާލުކޮށްފައި ވަނީ އެފްކޮންސްއާ އެވެ.
އެ މައްސަލައާ ގުޅޭގޮތުން އެފްކޮންސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
ހިތަދޫގެ ވަރަށް ގިނަ ތަންތަނުގައި "އިންޑިއާ އައުޓް"
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
ޕޮލިސް އެކަޑަމީ އަންނަ މާޗު މަހު ނިމޭނެ: ސީޕީ
ކާގޯ ފެރީން ދެކުނަށް ކޮންމެ 20 ދުވަހަކުން ދަތުރެއް
ޕޮލިސް އެކަޑަމީގައި މިލިޓަރީ ކަމެއް ނުހިންގާނެ:އިމްރާން
އައްޑޫ ޓްރޭނިން ސެންޓަރަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެ
އިންޑިއާގެ އަސްކަރީ ބޭނުމަކަށް ރާއްޖެ ނުދެވޭނެ: ދީދީ