10 ޑިސެމްބަރ 2020
އިންޑިއާ އިން ކަނޑުމަގުން މުދާ ގެންނަން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ފަށާފައިވާ މަސައްކަތުގެ ދަށުން ކޮންމެ 20 ދުވަހަކުން ޓުޓިކޮރިން އިން ރާއްޖޭގެ އެންމެ ދެކުނަށް ދަތުރުތައް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިންޑިއާ އިން ކަނޑުމަގުން މުދާ ގެންނަން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ފަށާފައިވާ މަސައްކަތުގެ ދަށުން ކޮންމެ 20 ދުވަހަކުން ޓުޓިކޮރިން އިން ރާއްޖޭގެ އެންމެ ދެކުނަށް ދަތުރުތައް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އައްޑު އާއި ހުވަދު އަތޮޅު ހިމެނޭ ގޮތަށް މުދާ ގެންނަން ފެށި މަސައްކަތުގެ ތެރެއިން މިއަދު ހަވީރު "އެމްވީ ބޮންތި 2" ހިތަދޫ ސަރަހައްދީ ބަނދަރަށް ވަނުމާ އެކު، ސިފައިން ވަނީ ވޯޓަރ ސެލިއުޓެއް އަރުވައިފަ އެވެ. އެ ބޯޓު ރާއްޖެ އަންނަން އިންޑިއާ އިން ފުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުރަތަމަ ކާގޯ ފެރީ އަށް މަރުހަބާ ކިޔަން ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއެސްގެ މެނެޖިން ޑިރެކްޓަރު އަބްދުﷲ ސައީދާއި އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެމްޕީއެލްގެ މެނެޖިން ޑިރެކްޓަރު ޝާހިދު އަލީ އަދި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވެސް ބައިވެރިވަޑައިގަތެވެ.
Maiden voyage of the liner services of MSS inaugurated today at Maldives Ports Limited. This marks a new era of shipping in Maldives with better opportunities for Maldivian businesses & citizens. @stoplc @Portmv @CustomsMv pic.twitter.com/5iLu4qCTOQ
— Maldives State Shipping (MSS) (@stateshippingmv) April 5, 2020
އެމްއެސްއެސް އިން ބުނީ ޓުޓިކޮރިން ދެކުނަށް މުދާ ހިފައިގެން އައި ފުރަތަމަ ދަތުރުގައި ފުރަތަމަ ކާގޯ ފެރީގައި، 2713.34 މެޓްރިކް ޓަނުގެ މުދާ ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ ބާވަތްތަކާއި އިމާރާތްކުރަން ބޭނުންކުރާ ސާމާނު ހިމެނެ އެވެ.
We are delighted to welcome MV. Bonthi with a water salute as it docks at the harbour of South International Port, Addu City . ? This marks the promising beginning of the direct shipping service between Tuticorin and Addu City. @stateshippingmv #HappeningNow pic.twitter.com/UhTh6lBGDd
— STO Plc (@stoplc) December 10, 2020
ސައީދު ވިދާޅުވި ގޮތުގައި ސީދާ އިންޑިއާ އިން ރާއްޖޭގެ އެންމެ ދެކުނަށް މުދާ ގެންދެވޭ ގޮތް ވުމަކީ ވިޔަފާވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްގެ އިތުރުން ކަސްޓަމަރުންނަށް ވެސް ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ހެޔޮ އަގުގައި މުދާ ލިބެން މަގުފަހިވާނެ ކަމެކެވެ. އެހެންވެ، ދެމެހެއްޓެނިވި ގޮތަކަށް ދަތުރުތައް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ފެށުނު މަސައްކަތުގެ ތެރެއިން ދެކުނުގެ އިގުދިސާދަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ޓުޓިކޮރިން އާއި ރާއްޖޭގެ އެންމެ ދެކުނު ކާގޯ ފެރީން ގުޅާލި އިރު އެމްއެސްއެސް އިން ކުރިން ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ވެސް ކާގޯ ފެރީގެ ހިދުމަތް ފަށައިފަ އެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކާގޯ ފެރީގައި މުދާ ގެންނަން ފެށުން ވާނީ ރާއްޖޭގައި ގާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން ވެސް ކުރިއަށް އޮތް ތަނުގައި އެކަށީގެންވާ ގޮތެއްގައި ހިފޭނެ ކަމަކަށެވެ. ސަރަހައްދީ ބަނަދުރު ގާއިމުކޮށްފައި ވަނީ އައްޑޫގެ އިތުރުން ކުޅުދުއްފުށީގަ އެވެ.
ތިން ވަނަ ދަތުރުގައި އައްޑު އަށް 800 ޓަނުގެ މުދާ!
އިންޑިއާއިން ސީދާ އައްޑުއަށް ކާގޯ ބޯޓުތައް ބާއްވަނީ!
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
އެމްޑީޕީގެ ހަރުގޭގައި ތަޅުން އެޅި މައްސަލަ އޭސީސީ އަށް
ޕޮލިސް އެކަޑަމީ އަންނަ މާޗު މަހު ނިމޭނެ: ސީޕީ
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
ޕޮލިސް އެކަޑަމީގައި މިލިޓަރީ ކަމެއް ނުހިންގާނެ:އިމްރާން
އައްޑޫ ޓްރޭނިން ސެންޓަރަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެ