Roadha Mihaaru
އިންޑިއާއިން ސީދާ އައްޑުއަށް ކާގޯ ބޯޓުތައް ބާއްވަނީ!

އައްޑުއަށް މޭވާ/ތަރުކާރީގެ ބާވަތްތައް ސީދާ އިންޑިއާ އިން ގެންދަން ބޯޓުފަހަރުތައް ބާއްވަނީ!

09 ޖުލައި 2024

އިންޑިއާގެ ޓުޓިކޮރިން އިން މޭވާ އާއި ތަރުކާރީ ހިފައިގެން ބޯޓުފަހަރުތަކުގައި ސީދާ އައްޑު އަށް ދާއިމީ ދަތުރުތައް ފެށުމަށް އެމްޕީއެލް އިން ތައްޔާރުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އިންޑިއާގެ ޓުޓިކޮރިން އިން މޭވާ އާއި ތަރުކާރީ ހިފައިގެން ބޯޓުފަހަރުތަކުގައި ސީދާ އައްޑު އަށް ދާއިމީ ދަތުރުތައް ފެށުމަށް އެމްޕީއެލް އިން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް އިއްޔެ "މިހާރު" އަށް ވިދާޅުވީ، ފުރަތަމަ ބޯޓު މާދަމާ ހެނދުނު 10 ޖަހާއިރު ހިތަދޫ ޕޯޓަށް ކައިރި ކުރާނެ ކަމަށެވެ. އެ ބޯޓުން ގެންދަނީ މޭވާ އާއި ތަރުކާރީގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޯޓުން މި ފަހަރު ގެންދާނެ 150 ޓަނުގެ މުދާ،" ވަޖީހު ވިދާޅުވި އެވެ.

ރާއްޖެ އަށް މުދާ އެތެރެކުރާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ފައިނީސްއާ ވާހަކަ ދައްކައިގެން ސީއީއޯ ވިދާޅުވި ގޮތުގައި އަމާޒަކީ ކޮންމެ 10 ނުވަތަ 15 ދުވަހަކުން އިންޑިއާ އިން މުދާ ހިފައިގެން އައްޑު އަށް ސީދާ ދަތުރުތައް ބޭއްވުމެވެ.

"އެކަމަކު ދާއިމީ ކުރެވޭނީ ޑިމާންޑު އިތުރު ވެގެން އައްޑު އަތޮޅާއި ފުވައްމުލަކުން. އަޅުގަނޑަށް ގަބޫލު ކުރެވޭ އެކަން ވާނެ ކަމަށް. ހަމައެކަނި ކާބޯތަކެއްޗެއް ނޫން. ހައުސްހޯލްޑް އައިޓަމް ވިޔަސް އަދި އެހެން އެއްޗެއް ވިޔަސް އިންޑިއާ އިން ގެންނަ ކޮންމެ އެއްޗެއް ގެނެވޭނެ އެ ބޯޓުފަހަރުގައި،" ވަޖީހު ވިދާޅުވި އެވެ.

އިންޑިއާ އިން މުދާ ހިފައިގެން ސީދާ އައްޑު އަށް ދާއިމީ ބޯޓުފަހަރުތައް ބޭއްވުމަށްޓަކައި އައްޑޫގެ ވިޔަފާރިވެރިންނާ މަޝްވަރާ ކުރައްވަން ވަޖީހު މިއަދު އައްޑު އަށް ވަޑައިގަންނަވާނެ އެވެ.

އެހެންވީމާ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އައްޑޫ ރައްޔިތުން މޯޓިވޭޓް ކޮށްގެން، އައްޑޫގެ ވިޔަފާރިވެރިން މޯޓިވޭޓް ކޮށްގެން އެ އިން ކޮންމެ ވެސެލްއެއް ފުރެންދެން މުދާ ހޯދަން."--- ވަޖީހު

އޭނާ ވިދާޅުވީ، މި ގޮތަށް ދާއިމީ ބޯޓުފަހަރުތައް އައްޑު އަށް ދަތުރު ކުރަން ފެށުމުން މޭވާ އާއި ތަރުކާރީގެ އަގުހެޔޮ ވާން ފަށާނެ ކަމަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ސީއީއޯ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި އިންޑިއާގެ ފައިނީސް ކުންފުނިން އޭނާގެ ކިބައިން އެދުނީ ސެކިއުރިޓީ ކަށަވަރު ކޮށްދިނުމާއި ޑިމާންޑު އިތުރު ކޮށްދިނުމަށެވެ. އޭގެ ތެރެއިން ސެކިއުރިޓީގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްޕީއެލްގެ ސީއީއޯ ވަޖީހު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ދެން އޮތް ކަމަކީ ޑިމާންޑު ކްރިއޭޓް ކުރުން. އެ އިން ބޯޓަކަށް ލެވޭނެ ގާތްގަނޑަކަށް 300 ޓަނުގެ މުދާ. އެހެންވީމާ 300 ޓަނުގެ މުދާ ހަމަ ނުވެ ކޮންމެ ފަހަރަކު އެ އަށް ވުރެ މަދުން ދާ ކަމަށް ވަންޏާ ކޯސްޓެއް ކަވަރު ނުކުރެވޭނެ،" ވަޖީހު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން އައްޑޫ ރައްޔިތުން މޯޓިވޭޓް ކޮށްގެން، އައްޑޫގެ ވިޔަފާރިވެރިން މޯޓިވޭޓް ކޮށްގެން އެ އިން ކޮންމެ ވެސެލްއެއް ފުރެންދެން މުދާ ހޯދަން."

ވަޖީހުގެ ވިސްނުމަކީ އިންޑިއާ އިން ސީދާ އައްޑު އަށް ގެންދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ފެރީގެ ނިޒާމުގެ ތެރެއިން ފުވައްމުލަކަށް ވެސް ގެންދާށެވެ.

"ކީއްވެ ނުގެންދެވެންވީ؟ އެ އިންތިޒާމުތައް ހަމަޖެހެން ވާނެ. މި ފަހަރު އަޅުގަނޑު އައްޑު އަށް ގޮސްފައި ބަލާނަން އެކަން ވެސް ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ، ކޮންމެ ބޯޓަކުން 300 ޓަނުގެ މުދާ އައްޑު އަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އެއީ އައްޑޫގައި ހިންގާ ރިސޯޓުތަކުން އިންޑިއާ އިން މޭވާ އާއި ތަރުކާރީ ގެންގޮސް ދިނުމަށް އެދި ގުޅާތީ ކަމަށް ވިދާޅުވި އެވެ.