11 އޯގަސްޓް 2024
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
އައްޑޫގައި ޒަމާނީ ފެންވަރަށް މަގުތައް ހަދައި، ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެފްކޮންސްއާ ހަވާލުކުރީ ފެބްރުއަރީ 21، 2021 ގަ އެވެ. އައްޑޫ ގޮނޑުދޮށް ހިމާޔަތްކޮށް ބިން ހިއްކުމަށް އިންޑިއާގެ ވެންއޫޑު އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މާޗު 27، 2022 ގަ އެވެ.
އެ މަޝްރޫއުތައް ނިންމައި ދިވެހި ސަރުކާރާ މިއަދު ހަވާލުކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އައްޑު އަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
EAM @DrSJaishankar arrives at Gan International Airport, received by FM @moosazameer & Addu City's Mayor Ali Nizaar. EAM will handover key 2 projects—reclamation & shore protection project, and 4-lane detour link road facilitated by GoI under EXIM Bank of India's LOC facility. pic.twitter.com/rNky6DwDnj
— Ministry of Foreign Affairs ?? (@MoFAmv) August 11, 2024
އެ މަޝްރޫއުތައް ނިންމައި ސަރުކާރާ ހަވާލުކުރުމަށް، ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނުގައި ބުނީ، ބިން ހިއްކުމުގެ މަޝްރޫއާ އެކު 190 ހެކްޓަރުގެ ނިން އައްޑު އަށް މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދު އަށް އިތުރުކުރި 80 ހެކްޓަރާއި މަރަދު އާއި މަރަދޫފޭދު އަށް އިތުރުކުރި 76 ހެކްޓަރުގެ ބިމާއި ހަންކެޑެއަށް އިތުރުކުރި ހަތަރު ހެކްޓަރެވެ.
އައްޑޫ ހަންކެޑެ ބްރިޖު: މިއީ އައްޑޫ ތަރައްގީގެ މުހިންމު ބައެއް.
އެ މަޝްރޫއުގެ ދަށުން ވަނީ ގައުކެޑި އާއި މަރަދޫ ގުޅައިލުމަށް އެ ދެމެދުގައި އަޅާ ހަންކެޑެ ބްރިޖު ވެސް އިފުތިތާހުކުރި އެވެ. މިއީ މާލެ ފިޔަވައި، އެހެން ރަށެއްގައި ހެދި ފުރަތަމަ ބްރިޖެވެ.
ހިތަދޫ ޒޯން 2 ގައި ހިއްކި ސަރަހައްދާ އެކު އެ ރަށްވެފައި ވަނީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އާޓިފިޝަލް ބީޗު އޮތް ރަށަށެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ހިތަދޫ ބިން ހިއްކާފައި.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުއާ އެކު ވަނީ އެ ފަޅުގައި 8.3 ހެކްޓަރުގެ ތިން ރަށް ހިއްކައިގެން އުފައްދައިފަ އެވެ. މިއީ އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ހިއްކި ތިން ރަށެވެ. އެ ރަށްތައް ހިމާޔަތްކުރުމަށް ހިތަދޫ އާއި މަރަދޫ ފޭދޫ އަދި ލިންކް ރޯޑު ސަރަހައްދުން ވަނީ ރިވެޓްމެންޓް ޖަހައިފަ އެވެ.
އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އެ ދެ މަޝްރޫއަށް އެކަނި ވެސް 80 މިލިއަން ޑޮލަރު ހަރަދުވި އެވެ. މިއީ 1.2 ބިލިއަން ރުފިޔާ އެވެ.
ހަންކެނޑެ ބްރިޖުގެ މަސައްކަތް ނިންމައި އެ މަޝްރޫއު ވަނީ އިފްތިތާހުކޮށްފައި.
މިއަދުގެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އައްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމަކީ އައްޑޫ ތަރައްގީ ކުރުމަށް ސްޓެޓީޖިކް ވިޝަންގައި ހިމަނާފައިވާ މުހިއްމު މަޝްރޫއެެއް ކަމަށެވެ. ހަންކެޑެ ބްރިޖަކީ، ހަންކެޑެ ޓޫރިޒަމް ފުޅާކުރުމަށް ކުރާ މަސައްކަތަށް ގުޅިފައިވާ ބޮޑު މަޝްރޫއުއެއް ކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.
މުއްތަލިބު ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއުއާ އެކު، ޒަމާންތަކެއް ވަންދެން ރަށުގައި ފެންބޮޑުވެ، ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށެވެ. އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް މިހާރު އޮތީ ނިމުމަކާ ގާތުގަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާއާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އައްޑޫގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދެވޭނެ އެވެ.
ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އައްޑު އަށް ވަޑައިގެން ޖައިޝަންކަރު ވިދާޅުވީ އިންޑިއާއަށް ރާއްޖެއަކީ "ކީ ޕާޓްރަނެއް" ކަމަށާއި އިންޑިއާ އިން މަސައްކަތް ކުރަމުން ދަނީ އެކި މަޝްރޫއުތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވައި، އައްޑޫ މޭޔަރު އަލީ ނިޒާރުއާ ސަލާމްކުރައްވަނީ.-
ޖައިޝަންކަރު ވިދާޅުވި ގޮތުގައި މިދިޔަ ދެ ތިން އަހަރުގެ ތެރޭގައި އިންޑިއާ އިން ވަނީ 220 މިލިއަން ޑޮލަރުގެ މަޝްރޫއުތައް އައްޑޫގައި ކުރިއަށް ގެންގޮސްފަ އެވެ. އެ އިން ވެސް އަންގައިދެނީ އިންޑިއާ އިން ރާއްޖޭގެ ސަރަހައްދީ ތަރައްގީ އަށް ދޭ އިސްކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު އައްޑޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު.
ޖައިޝަންކަރު ވިދާޅުވީ، އިންޑިއާގެ އެހީގައި ރާއްޖޭގައި 65 މަޝްރޫއެއް މިވަގުތު ކުރިއަށް ހިންގާއިރު، އޭގެ ތެރެއިން 12 މަޝްރޫއު ކުރިއަށް ގެންދަނީ އައްޑޫގައި ކަމަށެވެ. އޭގެ ތެރެއިން ފަސް ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި އެ ހިދުމަތްތައް ބޭނުންކުރާ ފަންޒަރު ފެނިވަޑައިގަތުމުން އުފާވާ ކަމަށް ވިދާޅުވި އެވެ.
މިއީ ޖައިޝަންކަރު އައްޑު އަށް ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ވަނީ އިންޑިއާގެ އެހީގައި އައްޑޫގައި މިދިޔަ ސަރުކާރުން ތަރައްގީކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ. އެއީ 30 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.
ޖައިޝަންކަރުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވާނީ އައްޑޫ މަގުންނެވެ.
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
ގަން އެއާޕޯޓް ބޮޑުކުރުން އިންޑިއާގެ ރެނާޓަސް އަށް
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
އައްޑޫގެ ޕްރޮޖެކްޓުވެސް ވަގުތަށް ނިމޭނެ: އެފްކޮންސް
އިދިކޮޅުން އުޅެނީ އައްޑޫގެ ޕްރޮޖެކްޓްތައް ހުއްޓުވަން: ނިހާދު
އައްޑޫ ޓޫރިޒަމް ޕްރޮޖެކްޓަށް އިންޑިއާއިން އެހީ ދީފި
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރަނީ
ކޮންސިއުލޭޓް ގުޅެނީ އައްޑޫގެ ތަރައްގީއާ: މޭޔަރު
އައްޑޫ އިކޯޓޫރިޒަމްގެ ޕްރޮޖެކްޓް ބަޔަކާ ހަވާލުކޮށްފި
އިންޑިއާ އެހީގައި 46 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް