14 ޑިސެމްބަރ 2021
އިންޑިއާގެ ހިލޭ އެހީން އައްޑޫގައި ހިންގާ އީކޯ ޓޫރިޒަމް ހައި އިމްޕެކްޓް ޕްރޮޖެކްޓަށް އެ ގައުމުން ދޭ ފައިސާގެ ހިލޭ އެހީގެ ތެރެއިން އަނެއްކާ ވެސް 11.4 މިލިއަން ރުފިޔާ ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.
އިންޑިއާގެ ހިލޭ އެހީން އައްޑޫގައި ހިންގާ އީކޯ ޓޫރިޒަމް ހައި އިމްޕެކްޓް ޕްރޮޖެކްޓަށް އެ ގައުމުން ދޭ ފައިސާގެ ހިލޭ އެހީގެ ތެރެއިން އަނެއްކާ ވެސް 11.4 މިލިއަން ރުފިޔާ ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހަވާލުކުރި ފައިސާ އަކީ އައްޑޫ އިކޯ ޓޫރިޒަމް ޕްރޮޖެކްޓަށް ދޭ ފައިސާގެ ތެރެއިން ތިން ވަނަ އިންސްޓޯލްމެންޓް ކަމަށެވެ. އަނެއް ދެ އިންސްޓޯލްމަންޓް މިދިޔަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ.
އިކޯ ޓޫރިޒަމްގެ ފަސް މަޝްރޫއެއް ހިންގަން އިންޑިއާއިން ރާއްޖެ އަށް ހިލޭ އެހީދިނުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރީ މިދިޔަ އަހަރު އެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ދޭނީ ޖުމްލަ 2.49 މިލިޔަން ޑޮލަރު (38 މިލިޔަން ރުފިޔާ) އެވެ. އެ ފައިސާއިން އިކޯ ޓޫރިޒަމް މަޝްރޫއުތައް ހިންގާނީ އައްޑޫގެ ފޭދު އާއި މަރަދު އާއި ހިތަދު އާއި ހުޅުދޫގަ އެވެ.
އިންޑިއާ ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ އެ މަޝްރޫއުގެ ސަބަބުން އައްޑޫގައި ވަޒީފާގެ ފުރުސަތު އިތުރުވާނެ ކަަމަށެވެ. މުޖުތަމައުތަކަށް ރަނގަޅު އަސަރުކުރާނެ، "ހައި އިމްޕެކެޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތައް" އިންޑިއާގެ އެހީގައި ބަައެއް އެހެން ރަށްތަކުގައި ވެސް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އައްޑޫގައި ވެސް އިކޯޓޫރިޒަމްގެ އިތުރުން މަސްވެރިކަން ކުރިއެރުވުމުގެ މަަޝްރޫއުތަކެެއް ހިންގަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އޭގެ ތެރޭގައި މަރަދު އާއި ހިތަދު އާއި ހުޅުދޫގައި ފިޝް ޕްރޮސެސިން ޕްލާންޓްތައް އެޅުމުގެ މަޝްރޫއުތައް ހިމެނެ އެވެ. ފިޝް ޕްރޮސެސިން ޕްލާންޓެއް ނ. ކެނދިކުޅުދޫގައި އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އައްޑޫ އިކޯޓޫރިޒަމްގެ ޕްރޮޖެކްޓް ބަޔަކާ ހަވާލުކޮށްފި
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރަނީ
ހަންކެޑެ ބްރިޖު ނިންމައި ސަރުކާރާ ހަވާލުކޮށްފި
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
ގަން އެއާޕޯޓް ބޮޑުކުރުން އިންޑިއާގެ ރެނާޓަސް އަށް
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
މަޝްރޫއުތަކަކަށް އެޑްވާންސްކޮށް 4 މިލިއަން ރުފިޔާ ދީފި
އައްޑޫގެ ޕްރޮޖެކްޓުވެސް ވަގުތަށް ނިމޭނެ: އެފްކޮންސް
އިދިކޮޅުން އުޅެނީ އައްޑޫގެ ޕްރޮޖެކްޓްތައް ހުއްޓުވަން: ނިހާދު
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް