08 ފެބުރުއަރީ 2023
ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއު އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްފި އެވެ.
ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއު އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްފި އެވެ.
އައްޑޫ އެއާޕޯޓަށް 80 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާމަން އަޒާން އަހުމަދު ޒުހައިރު ވިދާޅުވީ، އެ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓް އިންޑިއާގެ ރެނާޓަސްއާ މީގެ 2-3 ހަފުތާ ކުރިން ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓްގެ ތެރޭގައި އެންމެ މުހިއްމު ކަމަށް ދާނީ ޓާމިނަލް 1.5 މިލިއަން ޕެސެންޖާސް ޕާ އެނަމް [އަހަރަކު] ކޭޓާ ކުރެވޭ ވަރަށް ބޮޑުކުރުން. ޗެކިން ކައުންޓަރުތައް 18 ކައުންޓަރަށް ބޮޑުކުރެވިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓް އިން 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ގަން އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި ކާގޯގެ ވަސީލަތްތަކާއި އެއާޕޯޓުގެ މަގުތައް އަދި މަތިންދާބޯޓުތައް ޕާކު ކުރާނެ ސަރަހައްދެއް ވެސް ހަދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރޯއްޓަށް ވުމުން އެ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ޓޫރިޒަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގައި އިގުތިސޯދީ ހަބެއް ގާއިމްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވުމުގައި ގަން އެއާޕޯޓްގެ މަޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ހަންކެޑެ ބްރިޖު ނިންމައި ސަރުކާރާ ހަވާލުކޮށްފި
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
އައްޑޫގެ ޕްރޮޖެކްޓުވެސް ވަގުތަށް ނިމޭނެ: އެފްކޮންސް
އިދިކޮޅުން އުޅެނީ އައްޑޫގެ ޕްރޮޖެކްޓްތައް ހުއްޓުވަން: ނިހާދު
އައްޑޫ ޓޫރިޒަމް ޕްރޮޖެކްޓަށް އިންޑިއާއިން އެހީ ދީފި
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރަނީ
ކޮންސިއުލޭޓް ގުޅެނީ އައްޑޫގެ ތަރައްގީއާ: މޭޔަރު
ގަން އެއާޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފި
އައްޑޫ އިކޯޓޫރިޒަމްގެ ޕްރޮޖެކްޓް ބަޔަކާ ހަވާލުކޮށްފި