02 ނޮވެމްބަރ 2022
އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހިންދޫ ދީނުގެ އަޅުކަމަކުން އިއްޔެ ފެށި މައްސަލަ ބަލައިދޭން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ފުލުހުންނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހިންދޫ ދީނުގެ އަޅުކަމަކުން އިއްޔެ ފެށި މައްސަލަ ބަލައިދޭން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ފުލުހުންނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އައްޑޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮން ކުންފުނިންނެވެ. އެ ކުންފުނިން ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް އިއްޔެ ރަސްމީކޮށް ފެށީ ހިންދޫ ދީނުގެ އަޅުކަމަކުންނެވެ.
ތާރު އަޅަން ބޭނުންކުރާ މެޝިނުގެ ކައިރީގައި ތިބެ އަޅުކަން ކުރުމަށް ފަހު، އެ މެޝިނުގައި ކާއްޓަކުން ޖަހަައި ފަޅައިލާ މަންޒަރު ސޯޝަލް މީޑިއާގައި ރޭ އާންމުވި ވީޑިއޯއަކުން ފެނެ އެވެ. އެފްކޮންގެ ކޮންމެ މުވައްޒަފަކު ކަހަލަ ގޮތަކަށް، ހިންދޫ ދީނުގެ އަޅުކަން ފުރިހަމަ ކުރުމުގެ ގޮތުން އެ ގޮތަށް އަމަލުކުރި އެވެ.
އައްޑޫގެ މަގުތަކުގައި ތާރު އަޅަން ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮން ކުންފުނިން ހިތަދޫގައި އެ މަސައްކަތް ފަށަން ހިންދޫ ދީނުގެ އަޅުކަމެއް އިއްޔެ ކުރަނީ.
އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި މިރޭ ބުނީ، އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އެހެން ދީނެއްގެ ޝިއާރެއް ފާޅުކުރުން އިސްލާމިކް މިނިސްޓަރު ކުށްވެރި ކުރައްވާ ކަމށާއި އެ މައްސަލަ ބަލައިދޭން އޭނާ ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
"ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވާއިރު ރާއްޖޭގެ ރަށެއްގައި އެހެން ދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެކެވެ،" އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ވެ އެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ 9 ވަނަ މާއްދާއާ ހަވާލާދީ، އެ މިނިސްޓްރީން ބުނިގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި ރާއްޖެ އަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރު ފާޅުކުރުމާއި އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި އެ މީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގައި، ދިވެހިންނަކީ އިސްލާމްދީނުގެ އަހުލުވެރިން ކަމަށް ވާއިރު، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ގައުމިއްޔަތެއް ހިއްސާކުރާ ބައެކެވެ. އަދި ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ކަމަކަށް ވާތީ، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ދިވެހިންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
"ރާއްޖޭގައި ތަފާތު މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، ރާއްޖެ އިން ބޭރުގެ ފަރާތްތައް މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރިވާތީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އެ ފަރާތްތައް އަހުލުވެރި ކުރުވުމަށް ކަމާ ގުޅުން ހުރި ފަރާތްތަކަށް މިނިސްޓަރ ވަނީ ގޮވާލައްވައިފަ އެވެ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ހިންގާ މަޝްރޫއެއް ހިންދޫ ދީނުގެ އަޅުކަމަކުން ފެށި މައްސަލާގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިއީ އެ ފަދަ ގޮތަކަށް އެހެން ދީނެއްގެ އަޅުކަމަކާއެކު، ރާއްޖޭގައި ފެށި ފުރަތަމަ މަޝްރޫއު ކަމަށް ވާއިރު، އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން އަންނަނީ ގޮވަމުންނެވެ. ހާއްސަކޮށް، އިންޑިއާގެ މީހުން ހިންގާ އެ ފަދަ ކަންކަމަށް މި ސަރުކާރުން އެއްޗެކޭ ބުނަން ނުކެރޭނެ ކަމަށް ބުނެ ވެސް ދަނީ ފާޑުކިޔަމުންނެވެ.
ހިތަދޫ ކެނަރީ މަގުގައި ތާރަ އަޅަން ފަށައިފި. މަސައްކަތް ފެށީ ހިންދޫ އަޅުކަމަކުން. pic.twitter.com/QqsaIcTJaM
— Thoha Yasin (@ThohaYasin) November 1, 2022
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ބޭއްވި މީޑިއާ ބްރީފިންގައި، ނޫސްވެރިން އެ މައްސަލަ ނެގުމުން އޭނާ ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީނާ ދީނާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
"ދީނާ ހިލާފު ކަމެއް ހިނގާ ނަމަ އެފަދަ ކަމެއް ހިނގާތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ. އަޅުގަނޑުމެން ދޫކޮށެއް ނުލާނެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. އިސްލާމް ދީނާ ހިލާފު އަމަލެއް ރާއްޖޭގައި ހިންގުމުގު ފުރުސަތެއް ނުދޭނެ،" އޭނާ ވިދާޅުވި އެވެ.
އެހެން ދީންތަކުގެ ޝިއާރު ފާޅު ނުކުރެވޭނެ: މިނިސްޓްރީ
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
ހިންދޫ ދީން ފަތުރަން އައި މީހެއްގެ މައްސަލަ ބަލަނީ
ދީނާ ހިލާފު ކަމެއް ކުރާނަމަ ފިޔަވަޅު އަޅާނަން:މިއުވާން
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
އެމްޑީޕީގެ ހަރުގޭގައި ތަޅުން އެޅި މައްސަލަ އޭސީސީ އަށް
ފޭދޫގެ މަގުތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާ
އައްޑޫގެ ޕްރޮޖެކްޓުވެސް ވަގުތަށް ނިމޭނެ: އެފްކޮންސް
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
ޕޮލިސް އެކަޑަމީ އަންނަ މާޗު މަހު ނިމޭނެ: ސީޕީ