22 ޖޫން 2017
އެމެރިކާގައި މިދިއަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ތެރޭގައި 21 ސްޓޭޓެއްގެ އިންތިހާބާ ގުޅޭ ސިސްޓަމްތައް ރަޝިޔާގެ ހެކަރުންގެ އަމާޒަކަށް ހެދި ކަމަށް، ސެނެޓް ޕެނެލްގައި، އެމެރިކާގެ އިސް ވެރިޔަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި މިދިއަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ތެރޭގައި 21 ސްޓޭޓެއްގެ އިންތިހާބާ ގުޅޭ ސިސްޓަމްތައް ރަޝިޔާގެ ހެކަރުންގެ އަމާޒަކަށް ހެދި ކަމަށް، ސެނެޓް ޕެނެލްގައި، އެމެރިކާގެ އިސް ވެރިޔަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
އިންތިހާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވިކަމަށް ކުރެވޭ ތުހުމަތު ތަހުގީގުކުރަމުން އަންނަ ސެނެޓް ޕެނެލްގައި ވާހަކަ ދައްކަވަމުން ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗުއެސް)ގެ ޖެނެތު މަންފްރާ ވިދާޅުވީ އެ ސްޓޭޓްތަކުގެ ނަންތައް އާންމުކޮށް ހާމަކުރެއްވެން ނެތް ކަމަށެވެ.
ސެނެޓުގެ ތަހުގީގުގައި އެކި ފަރާތްތަކުން ހެކިބަސް ދެނީ އާންމުކޮށް ހުޅުވާލާފައިވާ މާހައުލެއްގަ އެވެ.
މަންފްރާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ހެކަރުންގެ ހަމަލާތައް ސިސްޓަމްތަކަށް އަމާޒުވިޔަސް، ވޯޓު ކަރުދާހަށް އެއްވެސް މައްސަލައެއް ކުރިމަތިވިކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި ރަޝިޔާ އިން މަސައްކަތްކުރީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އިންތިހާބު ކާމިޔާބުކޮށްދޭށެވެ. އެއީ އެމެރިކާގެ ދާހިލީ ކަމެއްގެ ތެރެއަށް ރަޝިޔާ އިން ނުފޫޒު ފޯރުވުން ކަމަށް ބަލައި، ތިން ތަހުގީގެއް މިހާރު ދަނީ ކުރިއަށެވެ. ސެނެޓްގެ އިތުރުން ކޮންގްރެސް އާއި އެފްބީއައި އިން ވެސް ވަކި ދެ ތަހުގީގެއް އެބަ ހިންގަ އެވެ.
"މި ވަގުތާ ހަމައަށް އަހަރެމެންނަށް އެނގިފައި ވަނީ 21 ސްޓޭޓެއްގެ އިންތިހާބާ ގުޅުން ހުރި ސިސްޓަމްތައް އަމާޒަކަށް ހެދިކަން،" މަންފްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ވޯޓުލުމުގެ ނިޒާމަށް ޑީއެޗުއެސްގެ ފުރިހަމަ އިތުބާރު އެބަ އޮތެވެ. އެއީ ވަރުގަދަ ނިޒާމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސެނެޓްގެ ހާއްސަ ޕެނެލްގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކު ވިދާޅުވީ ހެކަރުންގެ ހަމަލާތައް އަމާޒުވި ސްޓޭޓްތައް ސިއްރުކުރުމަކުން އެމެރިކާ އަށް ލިބޭނެ ވަކި ފައިދާއެއް ނެތް ކަމަށެވެ.
އެމެރިކާގެ ދެ ސްޓޭޓް ކަމަށްވާ އަރިޒޯނާ އާއި އިލިނޮއީގެ ރަސްމީ ފަރާތްތަކުން މިދިއަ އަހަރު ބުނެފައިވާ ގޮތުގައި ވޯޓާސް ރެޖިސްޓްރޭޝަން ސިސްޓަމްތައް ހެކްކުރި އެވެ.
ޑީއެޗުއެސްގެ އެހެން ވެރިޔަކު ކޮންގްރެސްގައި ވިދާޅުވެފައި ވަނީ އިންތިހާބާ ގުޅޭ ސިސްޓަމްތަކަށް ހެކަރުންގެ ނުރައްކާ އޮތްކަމުގެ ނިޝާންތައް މިދިއަ އަހަރުގެ ކުރީކޮޅު ލިބެމުން ދިޔަ ކަމަށެވެ. އެކަމަކު ހެކްކުރި މީހުންގެ އަމާޒަކަށް ހެދި ސިސްޓަމްތަކުގެ ތެރޭގައި ވޯޓު ގުނުމާ ގުޅޭ އެއްވެސް ސިސްޓަމެއް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި
އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން އެންގެވީ ޕުޓިން
ރަޝިޔާ އިން ވަނީ ޓްރަމްޕް ޕްރޮމޯޓް ކުރަން މަސައްކަތްކޮށްފައި
ޓްރަމްޕް ނޭޓޯގެ މައްސަލަގަނޑު ހޫނުކޮށްލައިފި
ޔޫކްރޭން ދުވަހަކުވެސް އަމާނެއް ނުދޭނެ: ޒެލެންސްކީ
ޓްރަމްޕަށް ދައުވާ ކުރަން ލަފާ ދީފި
ޓްރަމްޕަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި: ކޮމިޓީ
އެމެރިކާ އިން ޔޫކްރޭނަށް 39.8 ބިލިއަން ޑޮލަރު ދެނީ
ޒެލެންސްކީ، އެމެރިކާގެ ކޮންގްރެސްގައި ތަގުރީރުކުރައްވަނީ