10 ޑިސެމްބަރ 2016
ވޮޝިންޓަން (ޑިސެމްބަރު 10) - އެމެރިކާގެ ރިޔާސީ އިންތިޚާބު ރަޝިޔާ އިން ހެކްކުރި ކަމަށް ބުނާ މައްސަލައިގެ ފުޅާ ތަހުގީގެއް ހިންގެވުމަށް އެމެރިކާގެ ޖާސޫސީ އިދާރާ އަށް ރައީސް ބަރަކް އޮބާމާ އަންގަވައިފި އެވެ.
ވޮޝިންޓަން (ޑިސެމްބަރު 10) - އެމެރިކާގެ ރިޔާސީ އިންތިޚާބު ރަޝިޔާ އިން ހެކްކުރި ކަމަށް ބުނާ މައްސަލައިގެ ފުޅާ ތަހުގީގެއް ހިންގެވުމަށް އެމެރިކާގެ ޖާސޫސީ އިދާރާ އަށް ރައީސް ބަރަކް އޮބާމާ އަންގަވައިފި އެވެ.
މިއީ އެމެރިކާގެ ޖާސޫސީ އިދާރާ އަށް އޮބާމާ އަންގަވާނެ އެންމެ ފަހުގެ އެންގެވުން ކަމަށްވެ އެވެ. އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ޑޮނަލްޑް ޓްރަމްޕެވެ. ވައިޓްހައުސްގެ ކައުންޓަ ޓެރަރިޒަމް ޑިރެކްޓާ ލިސާ މޮނާކޯ ވިދާޅުވީ ޖާސޫސީ އިދާރާ ސީއައިއޭ އިން ތައްޔާރުކުރާ ރިޕޯޓް ޖެނުއަރީ 20 ވަނަ ދުވަހުގެ ކުރިން ކޮންގްރެސް އަށް ފޮނުވާނެ ކަމަށެވެ.
ވައިޓްހައުސްގެ ޑިޕިއުޓީ ޕްރެސް ސެކްރެޓަރީ އެރިކް ޝޫލްޒް ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި އިންތިޚާބުގެ ނަތީޖާ އަށް ގޮންޖަހަން ކުރާ ކަމެއް ނޫން ކަމަށެވެ.
"އިންތިޚާބު ކާމިޔާބުކުރި ފަރާތަށް އަޅުގަނޑުމެން ވާނީ މަރުހަބާ ކިޔާފައި. އިންތިޚާބު ކާމިޔާބު ކުރީ ރައީސް ކެމްޕޭން ކޮށްދެއްވި ކެންޑިޑޭޓެއް ވެސް ނޫން. އެކަމަކު ރައީސް ވަނީ އޮމާންކަމާ އެކު ވެރިކަން ބަދަލު ކުރުމުގެ ހުރިހާ އިންތިޒާމެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައި،" ޝުލްޒް ވިދާޅުވި އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝުލްޒް ވިދާޅުވީ ވޭތުވެދިޔަ ތިން އިންތިޚާބުގައި ކަންހިނގައި ދިޔަ ގޮތް ވެސް ބަލާނެ ކަމަށެވެ. އަދި އޮބާމާ ވެރިކަމުން ވަޑައިގަތުމުގެ ކުރިން ތަހުގީގު ނިންމާ އާއްމު ކުރެއްވުމަށް އެމަނިކުފާން ބޭނުންފުޅުވާ ކަމަށް ވެސް ޝުލްޒް ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ނެޝަނަލް ކޮމިޓީގެ ބައެއް މައުލޫމާތު މި އަހަރު ހެކްކުރި މައްސަލައިގެ ތުހުމަތުގެ އިނގިލި ދިއްކޮށްފައިވާ ވަނީ ރަޝިޔާ އަށެވެ. އެކަމަކު ސާބިތު ހެއްކެއް ދެއްކިފައެއް ނުވެ އެވެ. އެފްބީއައި އިން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.
އިންތިޚާބު ހެކްކޮށްފައިވާ މައްސަލަ ބެލުމަށް ޑިމޮކްރެޓިކް މެންބަރުން ކުރިން ވެސް ވަނީ ގޮވާލައިފަ އެވެ.
ރަޝިޔާގެ ހެކްކުރުން އެމެރިކާގެ 21 ސްޓޭޓަކަށް
އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!
އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން އެންގެވީ ޕުޓިން
ޓްރަމްޕް އާއި ޕުޓިންއަށް ސާފު މެސެޖެއް ދޭނަން: އޮބާމާ
ހެކްކުރި މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަނީ
ރަޝިޔާ އިން ވަނީ ޓްރަމްޕް ޕްރޮމޯޓް ކުރަން މަސައްކަތްކޮށްފައި
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ
ޓްރަމްޕް ގޯސް މަގުން ދާނަމަ ހަމަ މަގަށް އަޅުވާނަން
ޓްރަމްޕުގެ ވެރިކަން ގޯސްވެދާނެ ކަމަށް ނުބެލުން އެދެން