17 ޑިސެމްބަރ 2016
ވޮޝިންޓަން (ޑިސެމްބަރު 17) - އެމެރިކާގެ ރިޔާސީ އިންތިޚާބާ ކުޅެން އުޅެފައިވާތީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ސާފު މެސެޖެއް ދެއްވާނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ޑިސެމްބަރު 17) - އެމެރިކާގެ ރިޔާސީ އިންތިޚާބާ ކުޅެން އުޅެފައިވާތީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ސާފު މެސެޖެއް ދެއްވާނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އަހަރުގެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން އޮބާމާ ވަނީ ޑިމޮކްރެޓިކް ޕާޓީގެ އީމެއިލް ހެކްކޮށް އަދި ރިޔާސީ އިންތިޚާބުގެ ނަތީޖާ ހެކްކުރުމަށް ޕުޓިން އަމިއްލަ އަށް އަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އޮބާމާ ވިދާޅުވީ ރަޝިޔާ އާއި އިންތިޚާބު ހެކްކުރަން އުޅޭ އެހެން މީހުންނަށް ވެސް ސާފު މެސެއްޖެއް ދޭން ބޭނުންވާ ކަމަށާއި އެ މެސެޖަކީ "އެފަދަ މީހުންނަށް އެމެރިކާ އިން ވެސް ކުރެވޭނެ ކަންތައް ހުންނާނެ" ކަމަށެވެ.
ރައީސް އޮބާމާ ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ކްރިސްމަސް ޗުއްޓީ އަށް އާއިލާއާ އެކު ހަވާއީ އަށް ވަޑައިގަތުމުގެ ކުރިން އޮބާމާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސެޕްޓެމްބަރު މަހު ޕުޓިންއާ ބައްދަލުވި އިރު އެފަދަ ކަންކަން ނުކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
ޓްރަމްޕަށް އިޝާރާތް ކުރައްވާ އޮބާމާ ވިދާޅުވީ އިންތިޚާބަށް ބޭރުގެ ނުފޫޒު ނުފޯރާނެ ގޮތަށް ކަންކުރަން ޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް ގައުމީ ސަލާމަތާ ގުޅޭ ކަންކަން އިސް ކުރަން ޓްރަމްޕަށް އޮބާމާ ވަނީ ގޮވާލައްވައިފަ އެވެ.
ރިޔާސީ އިންތިޚާބު ހެކުކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގެއް ހިންގުމަށް އޮބާމާ ވަނީ އަންގަވައިފަ އެވެ. އަދި ވެރިކަމުގެ ދައުރު ޖެނުއަރީ 20 ގައި ހަމަވުމުގެ ކުރިން ރިޕޯޓް އާއްމު ކުރުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
އޮބާމާ ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު ބޭނުމަކީ އެމެރިކާގައި ބާއްވާ އިންތިޚާބުތަކުގެ އިތުބާރު ދެމެހެއްޓުން ކަމަށެވެ.
އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން އެންގެވީ ޕުޓިން
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި
ރަޝިޔާގެ ހެކްކުރުން އެމެރިކާގެ 21 ސްޓޭޓަކަށް
ރަޝިޔާ އިން ވަނީ ޓްރަމްޕް ޕްރޮމޯޓް ކުރަން މަސައްކަތްކޮށްފައި
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ
ޓްރަމްޕް ގޯސް މަގުން ދާނަމަ ހަމަ މަގަށް އަޅުވާނަން
ޓްރަމްޕުގެ ވެރިކަން ގޯސްވެދާނެ ކަމަށް ނުބެލުން އެދެން
ޓްރަމްޕާމެދު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި: އޮބާމާ
އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް
ޓްރަމްޕަށް އޮބާމާ މަރުހަބާ ވިދާޅުވެ ވައިޓްހައުސް އަށް