09 ނޮވެމްބަރ 2016
ވޮޝިންޓަން (ނޮވެމްބަރު 9) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ރައީސް ބަރަކް އޮބާމާ މަރުހަބާ ވިދާޅުވެ މާދަމާ ވައިޓްހައުސްގައި ބައްދަލު ކުރުމަށް ދައުވަތު ދެއްވައިފި އެވެ.
ވޮޝިންޓަން (ނޮވެމްބަރު 9) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ރައީސް ބަރަކް އޮބާމާ މަރުހަބާ ވިދާޅުވެ މާދަމާ ވައިޓްހައުސްގައި ބައްދަލު ކުރުމަށް ދައުވަތު ދެއްވައިފި އެވެ.
އޮބާމާ ވަނީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ހިލަރީ ކްލިންޓަނަށް ވެސް ގުޅުއްވާ ކެމްޕޭނުގައި އެކަމަނާ ކުރެއްވި ހިތްވަރަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެމެރިކާގެ އިންތިޚާބާ ބެހޭ ގޮތުން އޮބާމާ ފަހުން ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވައިޓްހައުސްގެ ތަރުޖަމާން ޖޯޝް އާނެސްޓް ވިދާޅުވި އެވެ.
އޮބާމާ ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންފަ އެވެ. މި އަހަރުގެ ކެމްޕޭނުގެ ތެރޭގައި އޮބާމާ އާއި ޓްރަމްޕް ވަނީ ބަހުގެ ހަމަލާތައް ވެސް ބަދަލު ކުރައްވައިފަ އެވެ.
އާނެސްޓް ވިދާޅުވީ ވައިޓްހައުސްގައި މާދަމާ ބާއްވަވާ ބައްދަލުވުމުގައި ވެރިކަން ބަދަލު ކުރުމުގެ އިންތިޒާމްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. ވެރިކަމުގެ ދެ ދައުރަަށް ފަހު އޮބާމާ ވައިޓްހައުސް އިން ނުކުމެވަޑައިގަންނަވާނީ ޖެނުއަރީ މަހު ފަހުކޮޅު އެވެ.
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ
ޓްރަމްޕް ގޯސް މަގުން ދާނަމަ ހަމަ މަގަށް އަޅުވާނަން
ޓްރަމްޕުގެ ވެރިކަން ގޯސްވެދާނެ ކަމަށް ނުބެލުން އެދެން
ޓްރަމްޕާމެދު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި: އޮބާމާ
އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް
އެފްބީއައިގެ ވެރިޔާ އަށް އޮބާމާ ވެސް ފާޑުވިދާޅުވެއްޖެ
ބަހުސަށް ޓްރަމްޕުގެ ޚާއްސަ ދައުވަތު އޮބާމާގެ ބޭބެ އަށް
ރިޕަބްލިކަނުން ޓްރަމްޕް ދޫކޮށްލުމަށް އޮބާމާ އެދިއްޖެ
ޓްރަމްޕަކީ ރައީސް ކަމަށް ފިޓް މީހެއް ނޫން: އޮބާމާ