15 ނޮވެމްބަރ 2016
ވޮޝިންޓަން (ނޮވެމްބަރު 15) - އެމެރިކާގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕާ މެދު ކަންބޮޑުވާ ކަންތައްތައް އެބަހުރި ކަމަށާއި އެކަމަކު ރިޔާސީ އިންތިޚާބުގެ ނަތީޖާ ޑިމޮކްރެޓިކުން ހެޔޮ ހިތުން ގަބޫލް ކުރުމަށް ރައީސް ބަރަކް އޮބާމާ އެދިވަޑައިގެންފި އެވެ.
ވޮޝިންޓަން (ނޮވެމްބަރު 15) - އެމެރިކާގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕާ މެދު ކަންބޮޑުވާ ކަންތައްތައް އެބަހުރި ކަމަށާއި އެކަމަކު ރިޔާސީ އިންތިޚާބުގެ ނަތީޖާ ޑިމޮކްރެޓިކުން ހެޔޮ ހިތުން ގަބޫލް ކުރުމަށް ރައީސް ބަރަކް އޮބާމާ އެދިވަޑައިގެންފި އެވެ.
"މިއީ ޑިމޮކްރެސީ މަސައްކަތް ކުރާ ގޮތަކީ،" ވެރިކަމުގައި ހުންނަވައިގެން ގައުމުން ބޭރަށް ކުރައްވާ އެންމެ ފަހު ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ އޮބާމާ ވިދާޅުވި އެވެ.
އޮބާމާ ވިދާޅުވީ ބުރާސްފަތި ދުވަހު ޓްރަމްޕާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ވަނީ އިންތިޚާބުގެ ތެރޭގައި އުފެދުނު މައްސަލަތަކަށް ފަހު އެއްބައިވަންތަކަމުގެ ސިގްނަލް ދެއްވުމަށް ޓްރަމްޕުގެ ކިބައިން އެދިވަޑައިގެންފައި ކަމަށެވެ.
"ޓްރަމްޕުގެ ކެމްޕޭން ގެންދެވި ގޮތުން އަޅުގަނޑު ވާނީ އެއްބައިވަންތަކަމުގެ އިޝާރާތެއް ދިނުމަށާއި މައިނޮރިޓީ ގްރޫޕްތަކާއި އަންހެނުންނަށް ޚާއްސަކޮށް ހެޔޮ އެދުމުގެ މެސެޖްތައް ދިނުމަށް އެދިފައި،" ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވި އެވެ.
ގްރީސް އަށާއި ޖަރުމަން އަދި ޕެރޫ އަށް ކުރައްވާ ދަތުރުގައި ފުރާވަޑައިގަތުމުގެ ކުރިން އޮބާމާ ވިދާޅުވީ ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާ އާއި ބައިނަލްއަގުވާމީ ދުނިޔެއާ އޮތް ގުޅުންތައް ދަމަހައްޓާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކެމްޕޭންތެރޭގައި ޓްރަމްޕް ދެއްވި ބަޔާންތަކާ ގުޅިގެން ދުނިޔޭގެ ބައެއް ލީޑަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ
ޓްރަމްޕް ގޯސް މަގުން ދާނަމަ ހަމަ މަގަށް އަޅުވާނަން
ޓްރަމްޕުގެ ވެރިކަން ގޯސްވެދާނެ ކަމަށް ނުބެލުން އެދެން
އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް
ޓްރަމްޕަށް އޮބާމާ މަރުހަބާ ވިދާޅުވެ ވައިޓްހައުސް އަށް
އެފްބީއައިގެ ވެރިޔާ އަށް އޮބާމާ ވެސް ފާޑުވިދާޅުވެއްޖެ
ބަހުސަށް ޓްރަމްޕުގެ ޚާއްސަ ދައުވަތު އޮބާމާގެ ބޭބެ އަށް
ރިޕަބްލިކަނުން ޓްރަމްޕް ދޫކޮށްލުމަށް އޮބާމާ އެދިއްޖެ
ޓްރަމްޕަކީ ރައީސް ކަމަށް ފިޓް މީހެއް ނޫން: އޮބާމާ