12 އޮކްޓޯބަރ 2016
ނޯތު ކެރޮލީނާ (އޮކްޓޯބަރު 12) - ރިޕަބްލިން ޕާޓީގެ ސީނިއާ މެންބަރުންގެ ތެރޭން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް އެންޑޯޒް ކުރައްވާފައިވާ ބޭފުޅުން ވެސް ތާއީދު އަނބުރާ ގެންދެވުމަށް ރައީސް ބަރަކް އޮބާމާ އެދިވަޑައިގެންފި އެވެ.
ނޯތު ކެރޮލީނާ (އޮކްޓޯބަރު 12) - ރިޕަބްލިން ޕާޓީގެ ސީނިއާ މެންބަރުންގެ ތެރޭން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް އެންޑޯޒް ކުރައްވާފައިވާ ބޭފުޅުން ވެސް ތާއީދު އަނބުރާ ގެންދެވުމަށް ރައީސް ބަރަކް އޮބާމާ އެދިވަޑައިގެންފި އެވެ.
ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އަންހެނުންގެ ހައްގަށް އުނިކަން އަންނަ ގޮތަށް ޓްރަމްޕް ދެއްކެވި ވާހަކަތަކާ ދެކޮޅު ހައްދަވާ އިރު އަނެއްކޮޅުން ވައިޓް ހައުސް އަށް އޭނާ ވަޑައިގަތުމަށް ތާއީދު ކުރެއްވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.
އަންހެނުންނަށް އިހުތިރާމް ކުޑަވާ ގޮތަށް ޓްރަމްޕް 2005 ވަނަ އަހަރު ދައްކަވާފައިވާ ޖިންސީ ވާހަކަތަކުގެ ވީޑިއޯ އާއްމުވުމާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ ސީނިއާ ބައެއް މެންބަރުން ވަނީ ޓްރަމްޕަށް ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ރައްދުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ބޭވަފާތެރިން ކަމަށެވެ.
ޑޮނަލްޑް ޓްރަމްޕް: ޕާޓީގެ އިސް ފަރާތްތަކަށް ވެސް ބަހުގެ ހަމަލާތައް ދެއްވި. --ފޮޓޯ:އޭޕީ
ހައުސްގެ ރައީސް ޕައުލް ރަޔަން އަށް ޓްރަމްޕް ވަނީ ޚާއްސަކޮށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. ޓްރަމްޕް ދިފާއު ނުކުރައްވާނެ ކަމަށް ރަޔަން ވިދާޅުވުމާ ގުޅިގެން ޓްރަމްޕް ވަނީ އެއީ "ބަލިކަށި ނަތީޖާ ނުނެރެވޭ ލީޑަރެއް" ކަމަށް ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީގެ ފަރާތުން އިންތިޚާބީ މަގާމެއްގައި ހުންނެވި އެންމެ އިސް ބޭފުޅާ ވަނީ ޓްރަމްޕާ އުޅުމުގެ ބަދަލުގައި ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ނޯތު ކެރޮލީނާގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން އޮބާމާ ވަނީ ރިޕަބްލިކަން ސީނިއާ ބައެއް މެންބަރުން ޓްރަމްޕް ރައީސް ކަމަށް ގެންނަން އުޅުއްވާތީ ސުވާލު އުފައްދަވައިފަ އެވެ.
"ހަގީގަތަކީ ގިނަ މީހުން ޓްރަމްޕާ ދެކޮޅު ހަދަމުންދާކަން. އެކަމަކު އެ މީހުން ދަނީ ޓްރަމްޕް އެންޑޯޒް ވެސް ކުރަމުން. އެ މީހުން އަދިވެސް ބޭނުންވޭ ޓްރަމްޕް ރައީސަކަށް ހަދަން. މިއީ އަޅުގަނޑަށް ހަމަޖެހޭ ކަމެއް ނޫން،" އޮބާމާ ވިދާޅުވި އެވެ.
ހައުސްގެ ސްޕީކާ ޕޯލް ރަޔަން: ޓްރަމްޕް ދިފާއު ނުކުރައްވާނެ ކަމަށް ވިދާޅުވި. --ފޮޓޯ:އޭއެފްޕީ
އޮބާމާ ވިދާޅުވީ ޓްރަމްޕް ބޭނުން ކުރައްވާފައިވާ ހުތުރު ބަސްތަކަކީ ފިހާރައެއްގެ ސޭޓެއްގެ މަގާމުގައި ހުރި ނަމަވެސް ބޭރު ކުރަން ޖެހޭ ވަރުގެ ބަސްތަކެއް ކަމަށެވެ.
ނޯތު ކެރޮލީނާ އަށް އޮބާމާ ވަޑައިގަނަންވާތީ ބައެއް މީހުން ވަނީ ހަ ގަޑިއިރު އިންތިޒާރު ކޮށްފަ އެވެ. އެއީ ރައީސެއްގެ ގޮތުގައި އޮބާމާ އެ ސްޓޭޓަށް ކުރައްވާ އެންމެ ފަހު ދަތުރަށްވާތީ އޮބާމާ ދެކިލުމަށެވެ.
ރިޕަބްލިކަން ސެނޭޓަރުންގެ 331 މެންބަރުންގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން ޓްރަމްޕަށް ވަނީ ދެކޮޅު ހަދައިފަ އެވެ. ހައުސްގެ މެންބަރުންނާއި ގަވަރުނަރުން ވަނީ ޓްރަމްޕުގެ ވާހަކަތައް ކުށްވެރިކޮށްފަ އެވެ.
އޮބާމާ ވާހަކަ ދައްކަވަމުން ދިޔަ އިރު ހިލަރީއާ ދެކޮޅު ފަރާތްތަކުން ބައެއް ފަހަރު ވަނީ އޮބާމާ އަށް ހުރަސް އެޅުމަށް މަސައްކަތްކޮށްފަ އެވެ. އެންމެ ފަހުގެ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި 49-38 އިން ކުރީގައި އުޅުއްވަނީ ހިލަރީ އެވެ.
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ
ޓްރަމްޕް ގޯސް މަގުން ދާނަމަ ހަމަ މަގަށް އަޅުވާނަން
ޓްރަމްޕުގެ ވެރިކަން ގޯސްވެދާނެ ކަމަށް ނުބެލުން އެދެން
ޓްރަމްޕާމެދު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި: އޮބާމާ
އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް
ޓްރަމްޕަށް އޮބާމާ މަރުހަބާ ވިދާޅުވެ ވައިޓްހައުސް އަށް
އެފްބީއައިގެ ވެރިޔާ އަށް އޮބާމާ ވެސް ފާޑުވިދާޅުވެއްޖެ
ބަހުސަށް ޓްރަމްޕުގެ ޚާއްސަ ދައުވަތު އޮބާމާގެ ބޭބެ އަށް
ޓްރަމްޕަކީ ރައީސް ކަމަށް ފިޓް މީހެއް ނޫން: އޮބާމާ