03 އޯގަސްޓް 2016
ވޮޝިންޓަން (އޮގަސްޓް 3) - ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ރައީސް ކަމަށް އެއްގޮތަކަށް ވެސް ފިޓް މީހެއް ނޫން ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (އޮގަސްޓް 3) - ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ރައީސް ކަމަށް އެއްގޮތަކަށް ވެސް ފިޓް މީހެއް ނޫން ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ނިއު ޔޯކު ބިލިއަނަރުގެ ކެންޑިޑެސީ އަށް ރިޕަބްލިކަން ޕާޓީން ތާއީދު ކުރާ ސަބަބާމެދު ސުވާލު އުފެދޭ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
ރައީސް އޮބާމާ ވިދާޅުވީ ރިޕަބްލިކަން ޕާޓީން ކުރިން ވާދަކުރެއްވި ޖޯން މެކްކޭން އާއި މިޓް ރޮމްނީ ފަދަ ކެންޑިޑޭޓުންނާ މެދު ސިޔާސަތުގެ ތަފާތުތައް ހުރި ކަމަށާއި އެކަމަކު އެ ބޭފުޅުންނަކީ ވެރިކަމަށް ނާގާބިލް ބައެއް ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.
ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
"ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަކީ ރައީސް ކަމުގެ މަގާމަށް ފިޓް މީހެއް ނޫން. އޭނާ އެދަނީ އެކަން ސާބިތު ވެސް ކޮށްދެމުން،" އުމުރުން 70 އަހަރުގެ ޓްރަމްޕަށް އަމާޒުކޮށް އޮބާމާ ވިދާޅުވި އެވެ. "ގައުމަށްޓަކައި ގުރުބާންވި އެމެރިކާގެ ގޯލްޑް ސްޓާ އާއިލާ އަކަށް ހަމަލާ ދިނުމަކީ ރައީސްގެ ވަޒީފާ އަށް ޓްރަމްޕް ތައްޔާރުނުވާ ކަމުގެ ހެއްކެއް."
އިރާގު ހަނގުރާމައިގައި މަރުވި މުސްލިމް ސިފައިންގެ މީހާގެ މައިންބަފައިންނަށް ޓްރަމްޕް ދިމާކޮށްލި މައްސަލައިގައި އޭނާގެ އަމިއްލަ ޕާޓީގެ ތެރޭން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. މިދިޔަ ހަފުތާގައި ބޭއްވި ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަނުގައި ވާހަކަ ދައްކަމުން، މަރުވި ސިފައިންގެ މީހާގެ ބައްޕަ ޚިޒްރު ޚާން ވަނީ މުސްލިމުންނާ ދެކޮޅަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަނުގައި ޚާން ވާހަކަ ދައްކާ އިރު އޭނާގެ އަންހެނުން ކައިރީގައި. --ފޮޓޯ:އޭއެފްޕީ
އޮބާމާ އަށް ރައްދު ދެއްވާ ޓްރަމްޕް ވަނީ ފަހުން ބަޔާނެއް ނެރުއްވައިފަ އެވެ. އޭނާ ވިދާޅުވީ އޮބާމާގެ ވެރިކަމަކީ އެމެރިކާ އަށް ކުރިމަތިވި މުސީބާތެއް ކަމަށެވެ. ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ އޮބާމާ އަކީ އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ކަމުނުދާ ރައީސް ކަމަށެވެ.
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ
ޓްރަމްޕް ގޯސް މަގުން ދާނަމަ ހަމަ މަގަށް އަޅުވާނަން
ޓްރަމްޕުގެ ވެރިކަން ގޯސްވެދާނެ ކަމަށް ނުބެލުން އެދެން
ޓްރަމްޕާމެދު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި: އޮބާމާ
އޮބާމާއާ ބައްދަލު ކުރުމަކީ ބޮޑު ޝަރަފެއް: ޓްރަމްޕް
ޓްރަމްޕަށް އޮބާމާ މަރުހަބާ ވިދާޅުވެ ވައިޓްހައުސް އަށް
އެފްބީއައިގެ ވެރިޔާ އަށް އޮބާމާ ވެސް ފާޑުވިދާޅުވެއްޖެ
ބަހުސަށް ޓްރަމްޕުގެ ޚާއްސަ ދައުވަތު އޮބާމާގެ ބޭބެ އަށް
ރިޕަބްލިކަނުން ޓްރަމްޕް ދޫކޮށްލުމަށް އޮބާމާ އެދިއްޖެ