10 ޑިސެމްބަރ 2016
ވޮޝިންޓަން (ޑިސެމްބަރު 10) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ޕްރޮމޯޓް ކުރުމަށް ރަޝިޔާ އިން މަސައްކަތްކޮށްފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ އިން ބުނެފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ވޮޝިންޓަން (ޑިސެމްބަރު 10) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ޕްރޮމޯޓް ކުރުމަށް ރަޝިޔާ އިން މަސައްކަތްކޮށްފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ އިން ބުނެފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި އިންތިޚާބު ހެކް ކުރުމުގައި ރަޝިޔާ އިން ބައިވެރިވެފައިވާ ކަމަށް ސީއައިއޭ އަށް ވަރަށް ބޮޑަށް ގަބޫލް ކުރެވޭ ކަމަށެވެ. އަދި ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކޮށްފައިވާ ސީއައިއޭގެ އެސެސްމެންޓް ރިޕޯޓުގައި ވެސް ވަނީ މިފަދަ ތުހުމަތުތަކެއް ކޮށްފަ އެވެ.
ނަމަވެސް ޓްރަމްޕުގެ ޓީމުން ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ބުނެފައި ވަނީ މި ވާހަކަތައް ދައްކަމުން އެ ދަނީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިން އަތުގައި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ބުނި މީހުން ކަމަށެވެ. ރަޝިޔާގެ އޮފިޝަލުން ވެސް ތަކުރާރުކޮށް ވަނީ އިންތިޚާބު ހެކް ނުކުރާކަމަށް ބުނެފަ އެވެ.
ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން އިވާންކާ (ވ): ސީއައިއޭ އަށް ޓްރަމްޕް ވަނީ ފާޑު ވިދާޅުވެފައި.
އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ރައީސް ބަރަކް އޮބާމާ މިހާރު ވަނީ އަންގަވައިފަ އެވެ. އަދި އޮބާމާގެ ރިޔާސީ ދައުރު ޖެނުއަރީ 20 ގައި ނިމުމުގެ ކުރިން ރިޕޯޓް އާއްމު ކުރަން ބޭނުންވާ ކަމަށް ވެސް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮމިޓީގެ ބައެއް މައުލޫމާތު ވެސް ވަނީ ހެކްކޮށްފަ އެވެ. އަދި އިންތިޚާބު ހެކް ކުރުމަށް ރަޝިޔާ އިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން އޮކްޓޯބަރު މަހު ވަނީ ބުނެފަ އެވެ. ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީގެ ނޭޝަނަލް ކޮމިޓީގެ ކޮމްޕިއުޓާ ސިސްޓަމް ހެކްކޮށްފައިވާކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ނިއު ޔޯކް ޓައިމްސް އަށް ބުނެފަ އެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ މައުލޫތު ވިކިލީކްސް އަށް ފޯރުކޮށްދީފައި ވަނީ ވެސް ރަޝިޔާ އިން ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ޖާސޫސީ ބައެއް އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ ވިކިލީކްސް އަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ރަޝިޔާ ސަރުކާރާ ގުޅުން އޮންނަ ވަކި ފަރުދުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.
ރަޝިޔާގެ ހެކްކުރުން އެމެރިކާގެ 21 ސްޓޭޓަކަށް
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި
ހިލަރީގެ މައްސަލަ ނުބަލާ ޓްރަމްޕުގެ ތަހުގީގު ހިންގާތީ ކޯފާވެއްޖެ
އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލަ ބަލަން އާ ބޭފުޅަކު
އިންތިިޚާބުގައި ނާކާމިޔާބުވީ ދެ މީހެއްގެ ސަބަބުން: ހިލަރީ
އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން އެންގެވީ ޕުޓިން
ނާކާމިޔާބުވިޔަސް ނަތީޖާގެ ފަރަގު އެންމެ ބޮޑުކުރީ ހިލަރީ
ޓްރަމްޕް އާއި ޕުޓިންއަށް ސާފު މެސެޖެއް ދޭނަން: އޮބާމާ
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް