Roadha Mihaaru
އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި ރަޝިޔާ މީހަކު ހައްޔަރުކޮށްފި

11 އެޕްރީލް 2017

މެޑްރިޑް (އެޕްރީލް 11) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި ރަޝިޔާގެ ޕްރޮގްރާމަރަކު ސްޕޭނުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެޑްރިޑް (އެޕްރީލް 11) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި ރަޝިޔާގެ ޕްރޮގްރާމަރަކު ސްޕޭނުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ބާސެލޯނާ އިން ހައްޔަރުކުރި މީހާ މިހާރު ހުރީ ތަހުގީގަށް ބަންދުކޮށްފަ އެވެ. ގާނޫނީ ބައެއް ފަރާތްތަކުން އޭއެފްޕީ އަށް ބުނި ގޮތުގައި ޕައިއޮޓް ލެވަޝޯވް އެމެރިކާ އަށް ފޮނުވައި ދިނުމަށް އެ ގައުމުން ވަނީ އެދިފަ އެވެ. އަދި އެމެރިކާގެ ހުށަހެޅުން ސްޕޭނުގެ ނޭޝަނަލް ކްރިމިނަލް ކޯޓުން ދިރާސާ ކުރަމުންދާ ކަމަށްވެ އެވެ.

ސްޕޭނުގެ ވެބްސައިޓަކުން ބުނި ގޮތުގައި ލެވަޝޯވް ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ އެމެރިކާ އިންނެވެ. ލެވަޝޯވް ހައްޔަރުކުރީ އިންތިޚާބު ހެކްކުރުމާ ގުޅުން ހުރި މައްސަލައެއްގައި ކަމަށް އޭނާގެ އަންހެނުން ވެސް ވަނީ ރަޝިޔާގެ ޓީވީ ސްޓޭޝަނަކަށް ޔަގީންކޮށްދީފަ އެވެ.

އެމެރިކާ އިން ޖެނުއަރީ މަހު ނެރުނު އިންޓަލިޖެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބު ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބު ކޮށްދިނުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ޕުޓިން ވަނީ ދޮގު ކުރައްވައިފަ އެވެ.