ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ، އަންނަ ހުކުރު ދުވަހު އެލަސްކާގައި ބައްދަލުކުރައްވާނެ ކަމަށާއި ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެ ގައުމުގެ މެދުގައި ބިންތައް ބަދަލުކުރުމުގެ އެއްބަސްވުމެއް ވެސް ގާއިމުކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ، އަންނަ ހުކުރު ދުވަހު އެލަސްކާގައި ބައްދަލުކުރައްވާނެ ކަމަށާއި ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެ ގައުމުގެ މެދުގައި ބިންތައް ބަދަލުކުރުމުގެ އެއްބަސްވުމެއް ވެސް ގާއިމުކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
"އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން އޮންނާނީ އަންނަ އޮގަސްޓް 15، 2025 ވާ ހުކުރު ދުވަހު އެލަސްކާ ސްޓޭޓްގައި،" ޓްރަމްޕުގެ ޓްރޫތު ސޯޝަލް ސައިޓްގައި ވިދާޅުވެފައިވެ އެވެ.
ޓްރަމްޕު މިކަން އިއުލާނުކުރެއްވި ފަހުން ރަޝިޔާއިން ވަނީ މި ބައްދަލުކުރެއްވުން އޮންނާނެކަން ކަށަވަރުކޮށްދީ އަދި ބައްދަލުވުން ބާއްވަނީ ވެސް އެކަށީގެންވާ ތަނެއްގައި ކަމަށް ބުނެފަ އެވެ.
"ޔުކްރެއިންގެ މައްސަލައަށް ދިގު މުއްދަތުގެ ސުލްހައިގެ ހައްލެއް ހޯއްދެވުމަށް ދެ ރައީސުން އިސްކަން ދެއްވައިގެން މަސައްކަތްކުރައްވާނެކަމާ މެދު ޝައްކެއް ނެތް،" ޕުޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ ޔޫރީ އުޝަކޯވް ޓެލެގްރާމްގައި އާންމުކުރެއްވި ބަޔާނެއްގައިވެ އެވެ.
ރަޝިޔާއިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިނަށް އަރައި ހަމަލާ ދޭން ފެށި ފަހުން އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލިފަ އެވެ.
ޓްރަމްޕާ އެކު މަޝްވަރާއަށް ވަޑައިގަތުމުގެ ކުރިން ޕުޓިން ހުކުރު ދުވަހު ވަނީ ޗައިނާ އާއި އިންޑިއާގެ ލީޑަރުންނާ އެކު މަޝްވަރާކުރައްވައިފަ އެވެ. އެ ދެ ގައުމަކީ ހަނގުރާމައިގެ ކުރީކޮޅު ވެސް ވެސް ސުލްހަޔަށް މަސައްކަތްކުރި ދެ ގައުމެވެ. ނަމަވެސް އޭރު ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބުނެވެ.
މީގެ ކުރިން ވައިޓް ހައުސްގައި ޓްރަމްޕު ވިދާޅުވެފައިވާ ގޮތުގައި ޔޫކްރެއިން އާއި ރަޝިއާއަށް ވެސް ފައިދާވާނެ ފަދަ ގޮތަކަށް ބިންތައް އެއްބަޔަކު އަނެއް ބަޔަކަށް ދޫކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
މި ސަމިޓަށް ތައްޔާރުވެފައި ވާއިރު ޔޫކްރެއިންގެ ރައީސް ވޮލްޑަމީރް ޒެލެންސްކީ ވަނީ ޔުކްރެއިން ބައިވެރިނުކޮށް ހަނގުރާމައާ ގުޅޭ ގޮތުން ކުރާ މަޝްވަރާތަކުގެ ބޭނުމެއް ނޯންނާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
ޒެލެންސްކީ އަނެއްކާވެސް ޓްރަމްޕާ ބައްދަލުކުރައްވަނީ
ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުމުން ޑީލެއް ނުހެދުނު
ޕުޓިން އާއި ޓްރަމްޕު ސައޫދީގައި ބައްދަލުކުރައްވަނީ
ރަޝިޔާގެ ތެޔޮ ގަންނާތީ އިންޑިއާގެ ޓެރިފް ބޮޑުކުރަނީ
ނިއުކްލިއާ ސަބްމެރިން ނެރެން ޓްރަމްޕު އަންގަވައިފި
އެމެރިކާއިން އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް
އިޒްރޭލް ކުށްވެރިކޮށް ޝީ އާއި ޕުޓިންގެ އިންޒާރެއް!
"އިޒްރޭލް-އިރާން ހަނގުރާމައަށް އެމެރިކާ ވަދެފާނެ"
ޓްރަމްޕާއި ޕުޓިންގެ މަޝްވަރާ މި ހަފްތާގައި
ޒެލެންސްކީއަކީ ޑިކްޓޭޓަރެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ