ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ރަޝިޔާގައި އުފައްދާ ތެޔޮ އިންޑިއާއަށް ގަންނަމުންދާ ނަމަ އިންޑިއާގެ މުދަލުން ނަގާ ޓެރިފް އަދިވެސް ވަރަށް ބޮޑުކުރަންޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވައިފި އެވެ.
ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ރަޝިޔާގައި އުފައްދާ ތެޔޮ އިންޑިއާއަށް ގަންނަމުންދާ ނަމަ އިންޑިއާގެ މުދަލުން ނަގާ ޓެރިފް އަދިވެސް ވަރަށް ބޮޑުކުރަންޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވައިފި އެވެ.
ރަޝިއާ-ޔުކްރެއިން ހަނގުރާމައަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ހުކުރު ދުވަހުގެ ކުރިން ޔުކްރެއިނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމުގައި ކުރިއެރުން ނުލިބޭ ނަމަ ރަޝިޔާއާއާ ދެކޮޅަށް އާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވެ ޕްރެޝަރު ވެސް ވަނީ ބޮޑުކޮށްފަ އެވެ.
ރަޝިޔާގެ ތެޔޮ ގަތުމަކީ އެ ގައުމުގެ ހަނގުރާމައަށް ހޭދަކުރުމަށް ވެވޭ ބޮޑު އެހީއެއްގެ ގޮތުގައި އެމެރިކާއިން ދެކެ އެވެ.
އިއްޔެ ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ އިންޑިއާއިން ގިނަ އަދަދަކަށް ރަޝިއާގެ ތެޔޮ ގަނެ، ބޮޑު ފައިދާއަކަށް ވިއްކަމުންދާ ކަމަށެވެ.
ޓްރަމްޕް ވަނީ ޔުކްރެއިނުން ކިތަންމެ ބަޔަކު މަރުވަމުން ދިޔަ ނަމަވެސް އިންޑިއާއަށް އެއީ މާބޮޑު ކަމަކަށް ވެގެން ނޫޅޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"މި ސަބަބުތައް ހުރީމާ މި ޓެރިފް އަދިވެސް ބޮޑުކުރާނަން."
މިދިޔަ ހަފްތާގައި ޓްރަމްޕު ވަނީ އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 ޕަސެންޓް ޓެރިފް ނަގަން ނިންމައިފަ އެވެ.
ނަމަވެސް ޓެރިފްގެ ރޭޓާއި އެ ޓެރިފްތަކަށް އަމަލުކުރަން ފަށާނީ ކޮން އިރަކު ކަމެއް ޓްރަމްޕު ވިދާޅެއް ނުވެ އެވެ. އެމެރިކާ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު އެމެރިކާއިން ވަނީ އިންޑިއާގެ 87.4 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފަ އެވެ.
ރަޝިއާއާ އެކު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން އަމާޒުވާ ފާޑުކިޔުންތައް އިންޑިއާއިން އިއްޔެ ރައްދު ދީ ބުނެފައިވަނީ ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވެސް ރަޝިއާގެ މުދަލާއި ހަކަތައިގެ ސާމާނު އެތެރެކުރާ ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ އެ ގައުމުން ހަކަތައިގެ ބާވަތްތައް އެތެރެކުރަނީ އިންޑިއާގެ ކަސްޓަމަރުންނަށް ބޭނުންވާ ވަރަށް އަދި ހެޔޮ އަގުގައި ހަކަތައިގެ އަގުތައް ބެހެއްޓޭނެ ގޮތަށް ކަމަށެވެ.
އެމެރިކާއިން އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް
ޓްރަމްޕުގެ ފޯނަށް މޯދީ ޖަވާބެއް ނުދެއްވާ: ރިޕޯޓް
ޓްރަމްޕާއި ޕުޓިން ހުކުރު ދުވަހު ބައްދަލުކުރައްވަނީ
އިންޑިއާގެ މުދަލުން އެމެރިކާއިން 50 ޕަސެންޓް ޓެރިފް
ނިއުކްލިއާ ސަބްމެރިން ނެރެން ޓްރަމްޕު އަންގަވައިފި
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ
ޑިފެންސް ޑިޕާޓްމަންޓުގެ ނަން ޑިޕާޓްމަންޓް އޮފް ވޯ އަށް
އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް
ޒެލެންސްކީ އަނެއްކާވެސް ޓްރަމްޕާ ބައްދަލުކުރައްވަނީ